އާއިލާ ބަނޑުބޮޑުވުމުން ކަރަން އުފާވެ، ރޮނީ

ކަރަން ޖޯހަރު އާއިލާގެ ނިތްކުރީގައި ބޮސް ދެނީ: ކަރަން އަބަދުވެސް އާލިއާއަށް ބަލާ

މަޝްހޫރު ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރު ބުނާ ގޮތުގައި ބޮތޮލާ އާލިއާ ބަޓަކީ އޭނާގެ "ދަރި" އެކެވެ. އާއިލާގެ ކަމެއް ވިއްޔާ އޭނާއަށް ވަރަށް ބޮޑު އަސަރެއް ކުރެ އެވެ. އާލިއާ އާއި ރަންބީރު ކަޕޫރުގެ ކައިވެނީގެ ރަސްމިއްޔާތުގައި ވެސް ކަރަން ވަނީ ބައްޕައެއް ފަދައިން އުޅެފަ އެވެ.

ކަރަން ޖޯހަރު ބުނީ އާލިއާ ބަނޑު ބޮޑު ހަބަރު ލިބުމުން ވަރަށް އަސަރު ކުރި ކަމަށާއި ވަރަށް ބޮޑަށް ރޮވޭ ގޮތްވި ކަމަށެވެ.

"އާލިއާ އަހަރެންގެ އޮފީހަށް އެންމެ ފަހުން އައި ދުވަހަކީ އަހަރެންގެ މޫޑު ވަރަށް ގޯސް ދުވަހެއް. އެކަމަދު އެދުވަހު އޭނަ އައިސް ބަނޑުބޮޑު ވާހަކަ ބުނުމުން އަހަންނަށް އުފަލުން ރޮވުނު... އޭނަ އަހަރެންގެ އޮފީހަށް ފުރަތަމަ އައީ އުމުރުން އެންމެ 17 އަހަރުގައި. މިހާރު އޭގެ 12 އަހަރު ފަހުން އައިސް ބަނޑުބޮޑު ވާހަކަ ބުނުމުން އުފަލުން ރޮވުނީ" ކަރަން ބުންޏެވެ.

އޭނާ ބުނީ އާލިއާ ވިހާނެ ދަރިފުޅު އުރާލާ ހިތުން ކެތް މަދުވެ އިންތިޒާރު ކުރާ ކަމަށެވެ: "އޭނާގެ ދަރިންނަކީ އަހަރެންގެ އަމިއްލަ ދަރިންގެ ގޮތުގައި އިހްސާސް ކުރެވޭ! އެހާވެސް އޭނާ އާ އަހަރެންގެ ގުޅުން ވަރުގަދަ،"

ކަރަން ޖޯހަރް މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ ހަތް ވަނަ ސީޒަން ފެށުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.