މަސް ރިކޯޑު މަޑަވެލިން ފަރެސްމާތޮޑާއަށް

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މިއަދު ބުނި ގޮތުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން މަސް ބޭނުމުގެ ރެކޯޑް މިހާރު އޮތީ ފަރެސްމާތޮޑާގެ "ބަހިރާ" ދޯންްޏަށެވެ. އެއީ 58.6 މެޓްރިކް ޓަނުގެ މަސް ބާނައިގެނެވެ.

ފަރެސްމާތޮޑާގެ "ބަހިރާ": މަސްވެރި ކަމުގެ ރިކޯޑް މިހާރު އޮތީ މި ދޯންޏަށް

މީގެ 16 އަހަރު ކުރިން ދެކުނުގެ ގދ. ތިނަދޫ "ރަސްމަގު" ދޯނިން ހަދާފައިވާ މަސް ރެކޯޑު މުގުރާލައި ގދ. މަޑަވެލީ "ޓީއެސް ލައިން" ދޯނިން މުގުރާލިތާ ދެ މަސް ދުވަސް ފަަހުން ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް ފަރެސްމާތޮޑާގެ "ބަހިރާ" ވެއްޖެ އެވެ.

މިފްކޯއިން ބުނީ - ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މިއަދު ބުނި ގޮތުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން މަސް ބޭނުމުގެ ރެކޯޑް މިހާރު އޮތީ ފަރެސްމާތޮޑާގެ "ބަހިރާ" ދޯންްޏަށެވެ. އެއީ 58.6 މެޓްރިކް ޓަނުގެ މަސް ބާނައިގެންނެވެ. ފަރެސްމާތޮޑާގެ "ބަހިރާ" ދޯންޏަކީ މީގެ ކުރީން ވެސް މަސްވެެރި ކަމުގައި ރެކޯޑްތަކެއް ހަދާފައިވާ ދޯންޏެކެވެ. އެ ދޯނިން މިދިޔަ އަހަރުގެ ފަހުކޮޅު ޑިސެމްބަރު މަސްވެރިކަމަށް ނުކުމެ 48 ޓަނު މަސް ބާނައި މިފްކޯއަށް ކިރުވި އެވެ.
ތިނަދޫން މަޑައްވެއްޔަށް މަސް ރިކޯޑް ބަދަލުވުމުން ލިޔުނު ހަބަރެއް

ގދ. މަޑަވެލީ "ޓީއެސް ލައިން" ދޯނީގައި ކުރީން މި ރެކޯޑް އޮތީ 57.1 ޓަނުގެ މަސް ބާނައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ މަސްވެރިކަމުގައި މަޑަވެއްޔާއި ވާދަވެރި ތިނަދޫ މަސްވެރިންގެ އަތުގަ އެވެ.

ތިނަދޫ "ރަސްމަގު" ދޯނިން 2006 ވަނަ އަހަރު ރިކޯޑް ހެދީ 53 ޓަނުގެ މަސް ބާނައިގެނެވެ. އެ ދޯނި ވެސް ރިކޯޑް އަދަދަކަށް މަސް ބާނާފައި ވަނީ ވެސް މަސްވެރި މި މޫސުން ކަމަށްވާ ސެޕްޓެމްބަރު، އޮކްޓޫބަރުގެ ހެޔޮ މަސްވެރިކަމުގެ ސީޒަން ތެރޭގަ އެވެ.

ރާއްޖެ މިހާރު އޮތީ މަސްވެރި މޫސުމެކެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރާއި އޮކްޓޫބަރު މަހުން ފެށިގެން މަސްވެރި ސީޒަނާ ރާއްޖެއާ ލައްވާލަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.