މަހިބަދޫގައި މިރޭ ހަވާ އަރުވަނީ

އެ ރަށުގައި ހަވާ އަރުވަނީ އެ ރަށު ޖިބިއްލީ ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފްލާގެ ތެރެއިންނެވެ. ޖިބިއްލީ ސްޕޯޓްސް ކުލަބަކީ ފުޓްބޯޅައަށް ހާއްސަ މަހިބަދޫގެ އެންމެ ކާމިޔާބު ޓީމެވެ.

ސިނަމާލެ ބްރިޖް ހުޅުވި ރޭ ހަވާ އަރުވަނީ" މިރޭ މަހިބަދޫގައި ހަވާ އަރުވާނެ

އދ.މަހިބަދޫގައި މިރޭ ހަވާ އަރުވަން ހަމަޖެހިއްޖެ އެވެ.

އެ ރަށުގައި ހަވާ އަރުވަނީ އެ ރަށު ޖިބިއްލީ ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފްލާގެ ތެރެއިންނެވެ. ޖިބިއްލީ ސްޕޯޓްސް ކުލަބަކީ ފުޓްބޯޅައަށް ހާއްސަ މަހިބަދޫގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމަކީ މަހިބަދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މަހިބަދޫ ޒުވާނުންގެ ފުޓުބޯޅަ މުބާރާތް" އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ޓީމެވެ. މި މުބާރާތް މިހާތަނަށް 19 ފަހަރު ބޭއްވި އިރު ޖިބިއްލީން ވަނީ 10 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.

ތިން ފަހަރު މި މުބާރާތުގެ ތަށި ޖިބިއްލީން މިލްކު ކުރި އެވެ. އަދި ފާއިތުވި އަހަރުގެ ތައްޓާއިއެކު އެ ޓީމުން ވަނީ ވިދިވިދިގެން ހަ އަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.

ޖިބިއްލީ ސްޕޯޓްސް ކުލަބުން މިރޭ އެ ކުލަބުގެ ކާމިޔާބީ ފާހަގަ ކުރަން ބޮޑު އިވެންޓެއް ބާއްވަން ވަނީ ނިންމާފައި

ކުލަބުގެ ކާމިޔާބީ ފާހަގަކުރުމަށް ޖިބިއްލީން ވަނީ މިރޭ މަހިބަދޫގައި ހަވާ އެރުވުމާއިއެކު ޖިބިއްލީ އާއިލާއިން އެކުވެ ކުލަގަދަ ހަފްލާއެއް ބާއްވަން ނިންމާފައެވެ.

ރާއްޖޭގެ ފުޓުބޯޅަ ފުރަތަމަ ޑިވިޝަންގައިވެސް މަހިބަދޫގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު މިކަމުގެ ފަހަތުގައި އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރާ އެއް ކުލަބަކީ ޖިބިއްލީ ސްޕޯޓްސް ކުލަބެވެ. އެގޮތުން އެކުލަބުން މިހާތަނަށް ވަނީ ގިނަ ކުޅުންތެރިންތަކެއް އުފައްދައި ފުރަތަމަ ޑިވިޝަނަށް ނެރުމަށް މަސައްކަތް ކޮށްފައެވެ.

ޖިބިއްލީ ސްޕޯޓްސް ކުލަބުން މިރޭ އެ ކުލަބުގެ ކާމިޔާބީ ފާހަގަ ކުރަން ބޮޑު އިވެންޓެއް ބާއްވަން ވަނީ ނިންމާފައި

އޭގެތެރޭގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގައި ހިމެނި ރާއްޖެއަށް ރަންމެޑަލް ގެނެސްދީފައިވާ ފޯވާޑް އަސަދުﷲ އަބްދުﷲ އާއި ސަމޫހް އަލީގެ އިތުރުން ފުރަތަމަ ޑިވިޝަންގައި މިދިޔަ ސީޒަންގައި ވާދަކުރި ދަ ގްރާންޑޭގެ ކެޕްޓަން ގާސިމް ސަމާމް އާއި މުޙައްމަދު ޝާރިހު އާއި އިބްރާހިމް އުސާމާ އާއި 21 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމުގައި ހިމެނި ރާއްޖެއަށް ރަންމެޑަލް ގެނެސްދިން ކީޕަރު މުހައްމަދު ޖަޒްލާންގެ އިތުރުންވެސް ޖިބިއްލީން ވަނީ ގައުމީ ލެވެލްއަށް މަހިބަދޫއިން ގިނަ ކުޅުންތެރިންތަކެއް ނެރެދީފައެވެ.

މީގެއިތުރުން އެ ކުލަބުން މިހާރުވެސް އަންނަނީ މަހިބަދޫގެ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުލަބުން ވަނީ "ޖިބިއްލީ ޖޫނިއާސް" ގެ ނަމުގައި މުޅިން އަލަށް މި އަހަރު ޓީމެއް ނެރި ޒުވާން ކުޅުންތެރިނަށް ފުރުސަތު ދޭން ފަށާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.