ޔަމާނުގައި ހަތިޔާރު ގުދަނެއް ގޮވާ ބަޔަކު މަރުވެއްޖެ

ޔަމަނުގައި ވަރަށް ނުރައްކާތެރި ގޮތަކަށް ހަތިޔާރު ގުދަނެއް ގޮވައި ހަ މީހުން މަރުވެ 30 އަށްވުރެ ގިނަ މީހުން ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. ޔަމަނުގައި ގޮވި ހަތިޔާރު ގުދަން ހުރީ ދެ ބުރި އިމާރާތެއްގަ އެވެ.

ޔަމަނުގައި ހަތިޔާރު ގުދަން ގޮވިވަގުތު މައްޗަށް ދުންގަނޑު އޮލަވެފައި

ޔަމަނުގައި ވަރަށް ނުރައްކާތެރި ގޮތަކަށް ހަތިޔާރު ގުދަނެއް ގޮވައި ހަ މީހުން މަރުވެ 30 އަށްވުރެ ގިނަ މީހުން ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. ޔަމަނުގައި ގޮވި ހަތިޔާރު ގުދަން ހުރީ ދެ ބުރި އިމާރާތެއްގަ އެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުން ގޮވާފައި ވަނީ ހޫތީ ހަނގުރާމަވެރިން ހަތިޔާރު ރައްކާ ކޮށްގެން އުޅޭ ގުދަނެވެ. އެ ގުދަނީ ހަތިޔާރުގެ ވިޔަފާރިކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަޅު ބާޒާރެއް އުފައްދައި ހަތިޔާރު ވިޔަފާރި ފުޅާކޮށްފައި ވަނީ ހޫތީންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނެވެ. އެ މީހުންނަކީ ބާރުގަދަ އީރާނުން ވާގިވެރިވެދޭ ދެ ޖަމާއަތެކެވެ. އެހެން ނަމަވެސް މި ގުދަނީ ހޫތީންގެ ގުދަނެއް ކަމަށް ވެއެވެ.

ގުދަން ގޮވުމުގެ ގިނަ އެހެން އިމާރާތްތަކެއް ހާލާކު ވެފައިވާއިރު ބައެއް އިމާރާތްތައް ވަނީ ބިމާހަމަވާ ހިސާބަށް ސުންނާފަތި ވެފައެވެ. ގުދަން ގޮވަން ދިމާވި ސަބަބު ސާފެއް ނުވެއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ އެދުމަކަށް ވެފައި އޮންނަނީ އީރާނަށް ބައިއަޅާ ވަކި ސަރުކާރެއް ޔަމަނުގައި ގާއިމު ކުރުމެވެ. އެކަމަށް ޓަކައި ޔަމަނުގެ އަވަށްތައް ހިފައި ސައޫދީއަށް މިސައިލް ފޮނުވުމަކީ ހޫތީން ވަރަށް ގިނައިން ކުރާ ކަމެކެވެ. ހޫތިން އެޖެންޑާތައް ހިންގުމަށް ބޭނުންވާ ފައިސާ އެއްކުރަނީ ހަތިޔާރު ވިއްކައިގެންނާއި ޑްރަގު ވިޔަފާރިންނެ. މިއީ ހިޒްބުﷲއާ ވެސް ގުޅުން އޮތް ވިޔަފާރިއެއް ނަމަވެސް އެ ޖަމާއަތުން އެކަމަށް އިންކާރު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.