ހާއްސަ އެހީގެ 10 މީހަކަށް ސައިކަލް ދެނީ

ޝަައުގުވެރިކަން ހުރި ފަރާތްތަކަށް ޑޮކްޓަރުގެ ލިޔުންތަކައި މީހާގެ ވަނަވަރާއެކު ލޮޓަސް ފިހާރައިގެ ކައުންޓަރަށް ހުށަހެޅޭނެ އެވެ. މައި ކުންފުންޏަށް ވެސް ލެވޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 10 މީހަކަށް މަޝްހޫރު ލޮޓަސް ފިހާރަ ހިންގާ ސީނިއާ އިންޓަނޭޝަނަލުން ހިލޭ ސައިކަލު ދޭން ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތެއް އާންމުކޮށް ހުޅުވާލައިފި އެވެ.

މި ފުރުސަތު އޮތްކަން އިއުލާންކޮށް ދެއްވަފައި ވަނީ ކުންފުނީގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ޓްވިޓާގަ އެވެ. ސައިކަލްގެ ފޮޓޯ ހިމަނައިގެން އޭނާގެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެ ސައިކަލުތަކަށް މިހާރު އޯޑަރު ޖަހާފައިވާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭ ސައިކަލްތައް ލިބޭނެ ކަމަށެވެ.

  •  ސައިކަލް ދޭނީ 10 މީހަކަށް
  •  ލޮޓަސް ފިހާރައަށް ހުށަހެޅޭނެ
  •  ސީނިއާ އިންޓަނޭޝަނަލަށް ވެސް ހުށަހެޅޭނެ

ޝަައުގުވެރިކަން ހުރި ފަރާތްތަކުން، ޑޮކްޓަރުގެ ލިޔުންތަކައި ވަނަވަރާ އެކު ލޮޓަސް ފިހާރައިގެ ކައުންޓަރަށް ހުށަހެޅޭނެ އެވެ. އަދި މައި ކުންފުނި ސީނިއާ އިންޓަނޭޝަނަލަށް ވެސް ހުށަހެޅޭނެ އެވެ،

އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުންޏާއި ލޮޓަސް އިން ކުރީން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި އެހީ ވެދެ އެވެ.

ކޮމެންޓް

1
450
ޖަމީލް
1 year ago

އާއްޓޭ ހާދަ ގަދަކޮށްލައިފިޔޭ މިފަދަ ކަންކަމުގައި ދެއްތޯ ... ވަރަށް އުފާވެރި އަދި ނިއުމަތް އިތުރު ކުރައްވާށީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.