މީކާއީލާއި ސިރާޖްގެ ހިޔާލު ކަފިވެއްޖެ

ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ އެ ކަން ބަލައި ދޭން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުން އޭނާގެ އެކުވެރި މީކާއިލް ނަސީމްގެ ހިޔާލު ކަފިވެ ސިރާޖަށް ރައްދެއް ދެއްވައިފި އެވެ.

މީކާއިލް ނަސީމް: ސިރާޖުގެ ވާހަކަފުޅާ ދެކޮޅު ހެއްދެވި

ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ އެ ކަން ބަލައި ދޭން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުން އޭނާގެ އެކުވެރި މީކާއިލް ނަސީމްގެ ހިޔާލު ކަފިވެ ސިރާޖަށް ރައްދެއް ދެއްވައިފި އެވެ.

ސިރާޖްގެ މައިގަނޑު ނުކުތާއަކީ މާލޭ ރައްޔިތުންނަށް ގޯތީގެ ގޮތުގައި 5000 ގޯތި ދޫކުުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

އޭނާއަށް ރައްދެއްވާ ގޮތަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ވެށިފަހި މާލޭ"ގެ ދަށުން ދޫކުރި 250 އެއްހާ ގޯތި ފިޔަވާ ފާއިތުވީ 40 އަހަރުވެސް މާލޭ އާދައިގެ ރައްޔިތަކަށް މިސަރަހައްދުން ގޯއްޗެއް ލިބިފައެއް ނެތް ކަމަށާއި މުނިމާމަ އާއި ކާފަގެ ގޯތި ފޮތިފޮތި ކުރަމުންގޮސް އަށް ފޫޓު 10 ފޫޓު ކޮޓަރީގައި ކުރުއަތްމައްޗަށް ބޯ ލައިގެން ތިން ހަތަރު މީހުންނާއެކު ނިދާ މާލޭ މީހުން މަދު ނޫން ކަމަށެވެ.

އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް؛ އެއީ މާލޭގެ އަޣުލަބިއްޔަތުގެ ހާލަތެއް ނޫން... މާލޭގެ ރައްޔިތުން މި މަޝްރޫއު [ބިންވެރިޔާ - ގެދޮރުވެރިޔާ] އަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް، އެތައް އަހަރެއް،

މީކާއިލް ނަސީމް | މަޖިލިސް މެންބަރު

"އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް؛ އެއީ މާލޭގެ އަޣުލަބިއްޔަތުގެ ހާލަތެއް ނޫން... މާލޭގެ ރައްޔިތުން މި މަޝްރޫއު [ބިންވެރިޔާ - ގެދޮރުވެރިޔާ] އަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް، އެތައް އަހަރެއް. އެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާއިއެކު ދަންނަވަން." މީކާއިލް ވިދާޅުވެފައި ވެއެވެ.

މީކާއީލާއި ސިރާޖަކީ މަޖިލީހުގެ މަސައްކަތްތަކުގައި ވަރަށް ގިނައިން ހިޔާލު އެއްގޮތް އަދި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ދެ ބޭފުޅުންނެވެ.

ސިރާޖް މަޖިލީހަށް ސީޓީން މައްސަލަ ވެއްދީ ސަރުކާރުން "ބިންވެރިޔާ - ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ. އަދި ސަރުކާރުގެ އެ ނިންމުމާއި އެކަމަށް ހަދާފައިވާ އުސޫލުތަކާމެދު ގިނަ ބައެއް ކަންބޮޑުވުމާއި ޝަކުވާތައް އޮއްވަ އެވެ.

ސިރާޖު ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ބުނަނީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެއް ކަމަށެވެ.

ބިންވެރިޔާ - ގެދޮރުވެރިޔާ

ސަރުކާރުގެ "ބިންވެރިޔާ - ގެދޮރުވެރިޔާ" ޕްރޮޖްކެޓްގައި ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެ އެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

  •  ފފ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.