"48 ބިލިއަން ރުފިޔާގެ ބިން ހިލޭ ދިނުމަކީ ބޭއިންސާފު"

ސަރުކާރުގެ "ބިންވެރިޔާ - ގެދޮރުވެރިޔާ" ޕްރޮޖްކެޓްގައި ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެ އެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް

މާލޭ ރައްޔިތުންނަށް ގޯތީގެ ގޮތުގައި 5000 ގޯތި ދޫކުުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭތީ، އެ ކަން ބަލައި ދޭން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސިރާޖް މަޖިލީހަށް މިފަދަ ސީޓީއެއް ފޮނުވީ ސަރުކާރުން "ބިންވެރިޔާ - ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ. އަދި ސަރުކާރުގެ އެ ނިންމުމާއި އެކަމަށް ހަދާފައިވާ އުސޫލުތަކާމެދު ގިނަ ބައެއް ކަންބޮޑުވުމާއި ޝަކުވާތައް އޮއްވަ އެވެ.

ސިރާޖު މަޖިލީހަށް ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ބުނަނީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެއް ކަމަށެވެ.

"މިއީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ޖެހިފައިވާ، ފައިސާ ދައްކާ ގޮތަށް ހިޔާ ފްލެޓު ދޫކުރި މީހުންނަށް ކުރާ މަލާމާލަތަކަށް ނޫނީ ނުވާނެ." އޭނާގެ ސިޓީގައި ލިޔެފައި ވެއެވެ. ހަމަ އެ ސިޓީގައި މާލެ ސަރަހައްދުގެ ބިމުގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، އަގުތައް ވެސް ބޮޑު އިރު، ގޯތި ދޫކުރުމަށް ވުރެ ފްލެޓު ދޫކުރުން އެއީ މާ އެދެވޭ ކަމެއް ކަމަށް ލިޔުމާއެކު މާލޭގެ ރައްޔިތުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޯތި ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ލިޔެ އެވެ.

ބިންވެރިޔާ - ގެދޮރުވެރިޔާ

ސަރުކާރުގެ "ބިންވެރިޔާ - ގެދޮރުވެރިޔާ" ޕްރޮޖްކެޓްގައި ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެ އެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.