ރޮބޮޓިކް ލެބެއް ހިމެނޭހެން ހުޅުމާލޭގައި ވިލާގެ ސްކޫލެއް

ވިލާއިން އަޅާނީ 761 ދަރިވަރުންގެ ޖާގައިގެ ސުކޫލެކެވެ. ހަ ފަންގިފިލާއަކަށް ހިމެނޭ ސުކޫލުގައި ޖުމްލަ 20 ކްލާސް ރޫމް ހުންނާނެ އެވެ. މި ސުކޫލު ވިލާއިން ތަރައްގީ ކުރާނީ ރޮބޮޓިކް ލެބެއް ހިމެނޭ ގޮތަށެވެ.

ހުޅުމާލޭގައި ސުކޫލެެއް އިމާރާތް ކުރަން ވިލާ ކުންފުނީގެ -- ވިލާ އެޑިއުކޭޝަނަލް ސާވިސަސްއަށް މިއަދު ވަނީ ހަވާލު ކޮށްފައި

ހުޅުމާލޭގައި ސުކޫލެެއް އިމާރާތް ކުރަން ވިލާ ކުންފުނީގެ -- ވިލާ އެޑިއުކޭޝަނަލް ސާވިސަސްއަށް މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ވިލާ އެޑިއުކޭޝަނަލް ސާވިސަސްއާ ސުކޫލެއް އަޅަން ހަވާލުކުރީ ހުޅުމާލެ ފުރަތަމަ ފޭސްގައި ކަމަށެވެ. ވިލާއިން އަޅާނީ 761 ދަރިވަރުންގެ ޖާގައިގެ ސުކޫލެކެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އެޑިއުކޭޝަނަލް ސާވިސަސް އިން ވިލާ ކޮލެޖުގެ ރެކްޓަރު އަހްމަދު އަންވަރު އެވެ.

ހަ ފަންގިފިލާއަކަށް ހިމެނޭ ސުކޫލުގައި ޖުމްލަ 20 ކްލާސް ރޫމް ހުންނާނެ އެވެ. މި ސުކޫލު ވިލާއިން ތަރައްގީ ކުރާނީ ރޮބޮޓިކް ލެބެއް ހިމެނޭ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ފެންވަރު ރަނގަޅު ސުކޫލެއް އިމާރާތް ކުރެވުމުގެ އިތުރުން ވިލާ ސުކޫލާއެކު އެތައް ވަޒީފާތަކެއް އުފެދިގެން ދާނެ އެވެ.

ވިލާ އެޑިއުކޭޝަނަލް ސާވިސަސް އިން މިހާރުވެސް ދަނީ މާލޭގައި ކޮލެޖަކާއި ހައި ސުކޫލެއް ހިންގަމުންނެވެ. ވިލާ ފާހަގަ ކުރެވިފައިވަނީ ވަރަށް ފެންވަރު ރަނގަޅު ތައުލީމެއް ދޭ މުއައްސަސާއެއްގެ ގޮތުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.