ޑައިލިސިސް ހިދުމަތް ބ. އަތޮޅުގައި ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުން އަންނަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑައަލިސިސް ހެދުމަށް އެޕޮއިންޓްމެންޓް ދޫކުރަމުންނެވެ. މިއީ އެ އަތޮޅުގައި ޑައަލިސިސްގެ ހިދުމަތް ފެށުމެވެ.

ބ އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް ވަނީ ގާއިމްކޮށްފަ އެވެ. އެ އަތޮޅުގައި ޑައިލިސިސް ހަދަން ޖެހޭ 18 މީހުން ތިބެ އެވެ. މީގެ ކުރިން އެމީހުން އެ ހިދުމަތް ހޯދަމުން އައީ މާލެ، ކުޅުދުއްފުށި އަދި އުނގޫފާރު ހޮސްޕިޓަލުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އަންނަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަނީ ޑައަލިސިސް ހެދުމަށް އެޕޮއިންޓްމެންޓް ދޫކުރަމުންނެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ޑައިލިސިސް ޔުނިޓްގައި ހިދުމަތް ދިނުމަށް ދެ ނަރުހުން ތަމްރީނު ކޮށްފައިވެ އެވެ. އިތުރު ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ. އެ ޔުނިޓްގައި މިވަގުތު ހުރީ ތިން އެނދެވެ.

އަތޮޅުތެރޭގައި ޑައިލިސިސް ހިދުމަތް މިހާރު ދެމުން އަންނަނީ ރ. އުނގޫފާރު ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޅ. ނައިފަރުގައި ހުންނަ ޅ އަތޮޅު ހޮސްޕިޓަލުގައި ވެސް މި ހިދުމަތް ފެށިގެންދާނެ އެވެ.

ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ކިޑްނީއަށް ފަރުވާ ދިނުމުގެ ގޮތުން ޑައިލިސިސް ހަދަން ޖެހެ އެވެ. މިއީ ވަރަށް ވަގުތުވެސް ދާ ކަމެކެވެ. އެހެންކަމުން މި ހިދުމަތް އަތޮޅުތެރޭގައި ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.