ހޮލިވުޑްގެ އޮފާތައް ރާޖަމޯލީއާ ދިމާއަށް

ތެލެގޫ ސުޕަސްޓާރު މާހޭޝް ބާބޫ ހިމަނައިގެން ފިލްމެއް ހަދަން ތައްޔާރު ވެފައިވާ ރާޖަމޯލީގެ އެ ފިލްމަކީ އޭނާގެ ބައްޕަގެ ވާހަައަކަށް ހަދާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މި މަސައްކަތުގެ ތެރޭން އޭނާގެ ހޮލިވުޑް މަސައްކަތް އުފަންވާނެ އެވެ.

އެސްއެސްް ރާޖަމޯލީ: އާދަޔާހިލާފު މޮޅު ޑައިރެކްޓަރެއް

އެންމެނަށް ކަމުދިޔަ މަޝްހޫރު "ބާހްބަލީ" ގެ ދެ ބަޔާއި އޭގެ ފަހުން އައި "އާރްއާރްއާރް" ފަދަ ފިލްމުތަކުން ބޮޑު ކާމިޔާބީއާ އެއް ވަރަށް މަޝްހޫރުކަން ވެސް ހޯދާފައިވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއަށް މިހާރު ހޮލީވުޑުގެ އޮފާތައް ލިބޭން ފަށައިފި އެވެ.

ތެލެގޫ ޑައިރެކްޓަރު، އެސްއެސް ރާޖަމޯލީއަކީ ފެންވަރުގެ އެއްޗެއް ނޫނީ ޑައިރެކްޓަރު ކުރަން ޝައުގުވެރިވާ ޑައިރެކްޓަރެއް ނޫނެވެ. އެކަމަކު އޭނާ ބުނީ މި އަހަރު ނެރުނު އޭނާގެ "އާރްއާރްއާރް" އަކީ ކުރިން މާ ބޮޑަށް އޭނާ އުންމީދު ކުރި ޑައިރެކްޝަނެއް ނޫން ނަމަވެސް އެ ފިލްމުގެ މަސައްކަށް ހޮލީވުޑުގެ ތައުރީފު ލިބުނު ކަމަށާއި ހޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި އަދި މަޝްހޫރު ތަރިން ވެސް ތައުރީފުކޮށް އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގެ އާންމު ކެޓަގަރީތަކަށް ވާދަކުރަން ހުށަހަޅައިފައި އެ ފިލްމަކީ އިންޑިއާގެ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެވެ.

ރާޖަމޯލީ ބުނާ ގޮތުގައި ހޮލީވުޑުގައި މަސައްކަތް ތަޖުރިބާ ކުރަން އޭނާ ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެހެން ނަމަވެސް ހޮލީވުޑްގެ ހުށަހެޅުންތަކެއް އަދި ނެގޭކަށް އޭނާއަކަށް މިވަގުތަކު ނެތެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާއަށް ބޮޑެތި ހުށަހެޅުންތައް މިހާރު ހޮލިވުޑުން އޮފާ ކޮށްފައި ވެއެވެ. ރާޖަމޯލީ ގެންދަނީ ރެޑީވެލަން ވަގުތުކޮޅެއްގެ ބޭނުން ހިފަމުންނެވެ.

ތެލެގޫ ސުޕަސްޓާރު މާހޭޝް ބާބޫއާ އާ ފިލްމެއްގެ މަސައްްކަތަށް ތައްޔާރު ވެފައިވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމަކީ އޭނާގެ ބައްޕަ، ކޭވީ ވިޖެޔަންދުރަ ޕްރަސާތުގެ ވާހަައަކަށް ހަދާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މި މަސައްކަތުގެ ތެރޭން އޭނާގެ ހޮލީވުޑްގެ މަސައްކަތެއް އުފަންވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.