ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އުއްމީދު ކުރައްވާ ކަމުގައި ރައީސް ސޯލިހުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އުއްމީދު ކުރައްވާ ކަމުގައި ރައީސް ސޯލިހުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.