މަޓާޓޯގެ ދިރާސާ: ބޮޑު ޓެކުހާއެކު ތިން މަހުން 769 މިލިއަން ރުފިޔާގެ ގެއްލުންވޭ

މަޓާޓޯއިން ބުނި ގޮތުގައި ޓޫރިޒަމް ސެކްޓާގެ ބުކިންތަކެއް ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ތިން މަހަށް ބަލާނަމަ 50 މިލިއަން ޑޮލަރުގެ ގެއްލުމެއް ރިސޯޓްތަކާއި ސަފާރީ އަދި ގެސްޓްހައުސްތައް ވާނެ އެވެ.

މާފުށީގައި ޓޫރިސްޓުންތަކެއް ބައިސްކަލް ދުއްވަނީ: ބޮޑު ޓެކްހާއެކު މިއަންނަ ތިން މަސް ދުވަހުގެ ތެރޭއި ޓޫރިޒަމް ސެކްޓަރަށް ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނޭ -- މި

އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން މިހާރު ހުރި ބުކިންތަކުން ތިން މަސްތެރޭ 50 މިލިއަން ޑޮލަރު (769 މިލިއަން ރުފިޔާ) ގެ ގެއްލުމެއް ވާނެ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ބުނެފައިވާ ގޮތުން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރުމުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންނަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ތަސްދީގު ކުރެއްވި ޓެކްސް ބޮޑު ކުރުމުގެ ގާނޫނުގެ ސަބަބުން ޓޫރިޒަމްގެ 33 ޕަސެންޓް ހިއްސާއެއް އޮންނަ ޓީޖީއެސްޓީ ދަށްވެ، ރާއްޖޭގެ އިގްތިސޯދުގެ 74 ޕަސެންޓް ހިއްސާވާ ޓޫރިޒަމް ސެކްޓާއަށް ލިބޭ ގެއްލުމުގެ އަސަރު ކުދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ސެކްޓާއަށް ފޯރާނެ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ޓޫރިޒަމް ސެކްޓާގެ ބުކިންތަކެއް ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ތިން މަހަށް ބަލާނަމަ 50 މިލިއަން ޑޮލަރުގެ ގެއްލުމެއް ރިސޯޓްތަކާއި ސަފާރީ އަދި ގެސްޓްހައުސްތައް ހިމެނޭ ގޮތަށްވާނެ އެވެ.

"މި ބަދަލުގެ ސަބަބުން ފުރަތަމަ ކްއާޓަރުގައި ދިވެހި ރިސޯޓް ވޯކާސް އަށް އަސަރުކޮށް ސާވިސް ޗާޖުން 2،000ރ. އުނިވެގެން ދިއުމުގެ ފުރުސަތު އެބައޮތް،" މަޓާޓޯއިން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

މަޓާޓޯއިން ބުނި ގޮތުގައި ސަރުކާރުގެ އެއް މަސް ދުވަހުގެ ސުންގަޑިއެއް ދީފައި ޖެނުއަރީ މަހު އަމަލު ކުރަން ފަށާ ޓެކްސް ބޮޑު ކުރުމުގެ އުސޫލު ބަދަލު ކުރެވޭ ތޯ ބޭރުގެ އޮޕަރޭޓަރުން ސަރުކާރާ މަޝްވަރާ ކުރަމުންދާކަން އެނގިފައިވެ އެވެ.

މަޓާޓޯގެ ވާހަކަ ކުރުކޮށް

  •  ތިން މަސް ތެރޭ 50 މިލިއަން ޑޮލަރު ގެއްލުންވާނެ
  •  ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އަސަރު ކުރާނެ
  •  ސާވިސް ޗާޖުން 2،000ރ. އުނިވުން ގާތް
  •  ބޭރުގެ އޮޕަރޭޓަރުންގެ މިކަން ބަދަލު ކުރަން ވާހަކަ ދައްކާ

ސަރުކާރުން ވަނީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ މި ބަދަލާއެކު އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށް ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.