ފުލުހުން ބުނީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށަން މިރެއިން ފެށިގެން އެމްޕީއެލް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ފުލުހުން ބުނީ ގެންނަ މި ބަދަލާއެކު ގަނދަކޯޅި ހިނގުމުން ފެށިގެން ކަނބާއައިސާރަނި ހިނގުން ނިމޭ ހިސާބަށް ބޮޑުތަކުރުފާނުމަގު ބަންދުވާނެއެވެ. މީގެ އިތުރުން އައްސޭރި ހިނގުންވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް އުޅަނދު ޕާކުކުރުން ވަނީ މަނާކޮށްފައެވެ.
ވަންވޭ ބަދަލު - ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނުމަގަށް ނުކުމެވޭ ގޮތަށް އޮތް ނަމަވެސް، އެ ސަރަހައްދު ވަނީ އެއްކޮޅަށް (ވަންވޭއަށް) ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ޖުމްހޫރީ މައިދާނުން ނޯތު ހާބަރަށް އަދި ދެވަނަ ފިޔަވަހީގައި ހެންވޭރު ޓާމިނަލުން ޖުމްހޫރީ މައިދާނަށް މަގު ފުޅާކޮށް ތަރައްގީކޮށްފައިވާއިރު، މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން އެމްޕީއެލް ހިމެނޭ ސަރަހައްދު އެއްކޮށް ތަރައްގީކުރާނެއެވެ.