މި އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކެމްޕެއިނެއް ފެނިގެންދިޔަ އައްޑޫ ހުޅުދޫ ދާއިރާގެ ގޮނޑި، 192 ވޯޓުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

މުޅިރާއްޖޭގައި މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންތަކުގައި ވޯޓުލާފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރަކާއި އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ މެންބަރެއްގެ އިތުރުން ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށެވެ.
މި އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކެމްޕެއިނެއް ފެނިގެންދިޔަ އައްޑޫ ހުޅުދޫ ދާއިރާގެ ގޮނޑި، 192 ވޯޓުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ނަމަވެސް ވ. ތިނަދޫ ކައުންސިލްގެ ރައީސްކަން އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރިއިރު، ތިނަދޫ އަދި ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.
އައްޑޫ ހުޅުދޫ (ޑަބްލިއުޑީސީ):
ފާތިމަތު ނަބާހާ (ޕީއެންސީ): 626 ވޯޓު (ކާމިޔާބު)
ފާތިމަތު މުނީރު (އެމްޑީޕީ): 434 ވޯޓު
ވ. ތިނަދޫ (ކައުންސިލް ރައީސް):
ޝުޖާއު އަލީ (އެމްޑީޕީ): 90 ވޯޓު (ކާމިޔާބު)
އަހުމަދު އަމަން މުޙައްމަދު (ޕީއެންސީ): 46 ވޯޓު
ވ. ތިނަދޫ (ޑަބްލިއުޑީސީ):
ޒީނާ އަޙުމަދު (އަމިއްލަ): 78 ވޯޓު (ކާމިޔާބު)
ރިސްފާ ނަސީމް (އެމްޑީޕީ): 54 ވޯޓު
ހއ. ވަށަފަރު (ޑަބްލިއުޑީސީ):
ރިޝްމާ އާދަމް (އަމިއްލަ): 278 ވޯޓު (ކާމިޔާބު)
ޒައިނާޒް އަޙުމަދު (ޕީއެންސީ): 221 ވޯޓު
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 3,776 މީހުންނަށް ލިބިފައިވާއިރު، ވޯޓުލުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކޮށެވެ.