މަތިވެރިން 47،000 އަކަފޫޓުގެ ބިމެއް ރަށު ޓޫރިޒަމަށް ހުޅުވާލައިފި

ރަށު ފަތުރުވެރިކަމުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އއ. މަތިވެރީގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރުވެސް 12 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.

ޓޫރިޒަމަށް ހުޅުވާލި އއ. މަތިވެރި

ޓޫރިސްޓް ހޮޓަލެއް ނުވަތަ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ތަރައްޤީކުރުމަށް އއ. މަތިވެރިން 47،000 އަކަފޫޓުގެ ބޮޑު ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

ބީލަމަށް ހުޅުވާލާފައިވަނީ މަތިވެރީގެ ހުޅަނގު ދެކުނުން އޮންނަ "ޓުއަރިޒަމް ޒޯން 1" އެވެ. މިއީ އެ ރަށުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ތިން ސަރަހައްދުގެ ތެރެއިން އެންމެ ބޮޑު އެއް ބިމަށް ވާއިރު، މި ޒޯން ޚާއްޞަކޮށްފައިވަނީ ޓޫރިސްޓް ހޮޓަލެއް ނުވަތަ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢެއް ހިންގުމަށެވެ.

މަތިވެރި ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ބީލަމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލު" އަށް ރިޢާޔަތް ކުރެވޭނެއެވެ.

ބީލަމުގެ މުހިންމު ތާރީޚުތަކާއި ތަފްޞީލު:

ރަޖިސްޓްރީކުރުން: އަންނަ މަހުގެ 17 ވަނަ ދުވަހު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން (ރަޖިސްޓްރޭޝަން ފީ: 30،000 ރުފިޔާ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: އަންނަ ޑިސެންބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލް އިދާރާގަ އެވެ. އަދި ބީލަން ހުށަހެޅުމާއި ހުޅުވުން: 21 ޖަނަވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގަ އެވެ،

ރަށު ފަތުރުވެރިކަމުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އއ. މަތިވެރީގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރުވެސް 12 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ. މަތިވެރީގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އަނެއް ދެ ސަރަހައްދަކީ ގެސްޓް ހައުސް ތަރައްޤީކުރުމަށް ޚާއްޞަކޮށްފައިވާ "ޒޯން 2" އާއި، ތިންވަނަ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ މަތިވެރި ފިނޮޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.