ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ލިސްޓުގައި 1000 ގިނަ ކުންފުނި ހިމެނެ އެވެ، އެންމެ ފުރަތަމަ ރާއްޖޭގައި ރަޖިސްޓްރީ ކުރި ފޮރިން އިންވެސްޓްމަންޓަކީ 1976 ވަނަ އަހަރު ރަޖިސްޓްރީކުރި ޓްރެޜަރ އައިލެންޑް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑެވެ.

ރާއްޖެއަށް މިދިޔަ 39 އަހަރު ތެރޭ އެންމެ ގިނައިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އައިސްފައިވަނީ ވަނީ ސިންގަޕޫރުން ކަމަށް ދައްކައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރި ރަސްމީ ހިސާބުތައް ދައްކާ ގޮތުން 2026-1987 ގެ ނިޔަލަށް ބަލާނަމަ ސިންގަޕޫރުގެ 134 ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައިކޮށްފައިވެ އެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ގިނަ ފޮރިން އިންވެސްޓްމަންޓް ހުރި ކަމަށް ދައްކަނީ ލަންކާގެ އެވެ. ރާއްޖޭގައި ހުރި އެ ގައުމުގެ ފޮރިން އިންވެސްޓްމަންޓްތަކުގެ އަދަދު ހުރީ 128 ގަ އެވެ. އަދި ދެވަނާގައި އޮތީ އިންޑިއާ އެވެ. އެ ގައުމުގެ 112 ފޮރިން އިންވެސްޓްމަންޓް ހުރި ކަމަށް ދައްކަ އެވެ. އަދި ހަތަރު ވަނާގައި އޮތީ ޔޫއޭއީ އެވެ. އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގައި 100 ފޮރިން އިންވެސްޓަރުން ވަނީ އިންވެސްޓްކޮށްފަ އެވެ. އަދި މި ލިސްޓުގެ ފަސް ވަނަ ލިބެނީ ޗައިނާ އަށެވެ. އެ ގައުމުގެ 69 ފޮރިން އިންވެސްޓްމަންޓް ހުރި ކަމަށް ދައްކަ އެވެ.
ދުނިޔޭގެ އެންމެ ގިނައި ފޮރިން އިންވެސްޓްމަންޓް ގިނަ އެއް ގައުމު ކަމަށްވާ ސިންގަޕޫރުގެ މަޝްހޫރު ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކޮށްފައިވެ އެވެ. މިގޮތުން ގިނަ ކުންފުނިތަކުން އިންވެސްޓްކޮށްގެން ތިބީ ޓޫރިޒަމް ސެކްޓާގަ އެވެ. ސިންގަޕޫރުގެ ފޮރިން އިންވެސްޓްމަންޓްތަކުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓުތައް ތަރައްޤީކޮށް ހިންގުމުގައެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަކީ ޕޮންޓިއެކް ލޭންޑް ގްރޫޕް ހިމެނެ އެވެ. ސިންގަޕޫރުގެ މި ކުންފުނިން ވަނީ ކ. އަތޮޅުގައި ފަރި އައިލެންޑްސްގެ ނަމުގައި ބޮޑު އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫޢެއް ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ރިސޯޓުތަކަކީ ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ޕެޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް މީގެ އިތުރުން މުވައްޒަފުންނަށް ޚާއްޞަ ރަށެއް ކަމަށްވާ "ފަރި ކެމްޕަސް" އާއި ފަރި މެރީނާ ވެސް ހިމެނެއެވެ.
ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް
މިއީ ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ، ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުންޏެވެ. މިއީ މަޝްހޫރު ބިލިއަނަރު އޮންގްގެ ކުންފުންޏެވެ. އެޗް.ޕީ.އެލް ގެ ދަށުން ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުގެ ތެރޭގައި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ އާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު އަދި ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް ހިމެނެ އެވެ. މީގެ އިތުރުން ގިލި ލަންކަންފުށި ރިސޯޓާއި ސިކްސް ސެންސަސް ލާމު އަދި ސިކްސް ސެންސަސް ކަނުހުރާ ހިމެނެ އެވެ. އަދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް އާއި ކަނޑޫމާ މޯލްޑިވްސް ހިމެނެ އެވެ.
ބެންޔަން ޓްރީ ހޯލްޑިންގްސް
ސިންގަޕޫރުގެ މި ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ކުރީއްސުރެ ހަރަކާތްތެރިވާ ކުންފުންޏެކެވެ. މި ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ބެންޔަން ޓްރީ ވައްބިންފަރު އަދި އަންގްސާނާ އިހުރު / ވެލާވަރު ހިމެނެއެވެ. މީގެ އިތުރުންވެސް ސިންގަޕޫރުގެ ކޯމޯ ހޮޓެލްސް އެންޑް ރިސޯޓްސް އަދި އޯ.އީ.އޯ ހޮޓެލްސް ފަދަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ ރިސޯޓުތަކުގައި އެބަހުއްޓެވެ.