މި އިންތިޚާބުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 359 މަޤާމަކަށް މެންބަރުން އިންތިޚާބުކުރާއިރު، ޕާޓީގެ އެހެނިހެން މަޤާމުތަކަށް 743 މެންބަރުން އިންތިޚާބުކުރާނެއެވެ.

ފަންސާސްތިން ހާހަށްވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އެމްޑީޕީގެ އެތެރޭގެ ބޮޑު އިންތިހާބުގެ ވޯޓުލުން ނިމި ގުނަން ފަށައިފި އެވެ.
މިއަދު މެންދުރުފަހު 2:30 ހާއިރު ފެށި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 20 އޮކްޓޫބަރު 2026 ގެ މެންދުރު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރުންގެ ގޮތުގައި ދެމިތިބި 53,457 މީހުންނަށެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 359 މަޤާމަކަށް މެންބަރުން އިންތިޚާބުކުރާއިރު، ޕާޓީގެ އެހެނިހެން މަޤާމުތަކަށް 743 މެންބަރުން އިންތިޚާބުކުރާނެއެވެ. ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންގެ ތެރޭގައި އަތޮޅު އަދި ސިޓީތަކުން ހޮވާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުން ހޮވާ މެންބަރުން ހިމެނެއެވެ.