ޚުޠުބާގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ކުރީގެ ކާބަފައިންގެ ޒަމާނުގައި ނުދެކޭފަދަ ވޭންދެނިވި ބަލިތައް ފެތުރޭ ކަމެކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މުޖުތަމަޢުގައި ފާޙިޝު ޢަމަލުތައް ފެތުރެމުންދާތީ އެކަމުގެ ނުރައްކާތެރިކަމަށް އަލިއަޅުއްވާލައްވައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މުޅި ރާއްޖެ ބޮޑު ޞިއްޙީ ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ" މި މައުޟޫޢަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން މިއަދު ދުނިޔޭގައި ނުހަނު ގިނައެވެ. އަދި އެފަދަ ފަރާތްތަކުން އެކި މަންސަތަކުގައި އަގުތަކާ އެކު އިޢުލާނުކޮށްގެން، ޢާންމުކޮށް ފާޅުގައި އެ ކަންކަން ހިންގަމުންދާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން މިއަދު ދުނިޔޭގައި ނުހަނު ގިނައެވެ. އަދި އެފަދަ ފަރާތްތަކުން އެކި މަންސަތަކުގައި އަގުތަކާ އެކު އިޢުލާނުކޮށްގެން، ޢާންމުކޮށް ފާޅުގައި އެ ކަންކަން ހިންގަމުންދާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި، ބެލެނިވެރީންނާއި، މުދައްރިސުންނާއި، މުރައްބީންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރީން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅާންޖެހިފައިވާ ކަމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އެހެން ނޫން ނަމަ، ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރަށް، ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ސިއްހީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދެއްވިއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ކުރީގެ ކާބަފައިންގެ ޒަމާނުގައި ނުދެކޭފަދަ ވޭންދެނިވި ބަލިތައް ފެތުރޭ ކަމެކެވެ.
"މިގޮތުން މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗް.އައި.ވީ ވައިރަހާއި، އެއިޑްސް ބައްޔާއި، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރެމުންދަނީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން،"
ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައި މިފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނަކަން ވެސް ޚުޠުބާގައި ބަޔާންކުރެއްވި އެވެ.
މީގެ އިތުރުން، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ފާޙިޝު ޢަމަލުތައް ކުރުމާއި، ޒިނޭއާއި ލިވާޠާއި ސިޙާޤު ފަދަ ބޮޑެތި ފާފަތަކަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަން ހަނދާންކޮށްދެއްވައި، މުއުމިނުންގެ ތެރޭގައި ފާޙިޝުކަންތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ވޭންދެނިވި ޢަޛާބު ހުރިކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
އިންސާނާގެ ޠަބީޢަތުގައިވާ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ޙަލާލު މަގު އިޚުތިޔާރުކުރުމަށް ނަޞޭޙަތްތެރިވެ، ކާވެނިކުރުމުގެ ކުޅަދާނަކަން ހުރި ޒުވާނުން ކާވެނިކުރުމަށާއި، ތަނަވަސްކަން ހުރި މީހުން ފަޤީރު ޒުވާނުން ކާވެނިކުރުމަށް އެހީތެރިވުމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބާރުއަޅުއްވާފައެވެ.