ހުވަނިބޭސް ޖަހާ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތް އޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ.

ހުޚުމާލެ : ހުވަނި ބޭސް ޖަހަން ފަށަން އެޗްޑީސީއިން ދަނީ ތައްޔާރު ވަމުން

ހުޅުމާލޭ ރީތިގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، އެ މަގުގައި ހުވަނިބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.   

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތް އޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ.   

އެހެންކަމުން، މަސައްކަތް ކުރިއަށްދާ ވަގުތު ރީތިގަސް މަގުގައި ޕާކުކޮށްފައި ހުރި އެންމެހާ އުޅަނދުތައް، މިއަދު ހެނދުނު 9:00 ގެ ކުރިން އެ ސަރަހައްދުން ނަގައި މަގު ހުސްކޮށްދިނުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.   

އެޗްޑީސީން ބުނީ، މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.