ރާއްޖެއަށް ނުވުމުގެ ފައިދާ ނަގައި | އަބޫދާބީ އިން ސުޕަޔޮޓް ވިޔަފާރިއަށް

އަބޫދާބީއިން ވަނީ ސުޕަޔޮޓު ވިޔަފާރި ފުޅާ ކުރަން މަސައްކަތް ފަށާފަ އެވެ. މިއީ ރާއްޖެއަށް އޮތް ފުރުސަތެކެވެ. ރާއްޖޭން ކުރާ ހަމައެކަނި ކަމަކީ މިފަދަ ޔޮޓްތަކަށް ހަރުކަށި ގަވައިދު ހެދެދުމާއި ފީތަކެއް ނެގުމެވެ، އެކަމު އެއްވެސް ހިދުމަތެއް ނުދެ އެވ

ޔޫއޭއީގައި ހަދާފައިވާ ޔޮޓް ބަނދަރެއް

ރާއްޖޭގެ ޓޫރިޒަމް ބައިގަރުން ނައްޓާލައި މަތީ ފަންތީގެ ޓޫރިޒަމަށް ދިޔަނަމަވެސް "ބޭސިކް އިންފްރާސްޓްރަކްޗާ" ފުރިހަމައެއް ނުވެ އެވެ. ގައުމަށް ބޭރު ފައިސާ ވަންނަން އޮތް ދޮރުތައް ހުޅުވަން ޖެހިލުންވެ އެވެ. މީގެ ބަދަލުގައި އަމިއްލަ "އަންބޮޑި" ބޮޑު ކުރުމުގެ ވިސްނުން ގެންގުޅުމުގެ ނަތީޖާއަކީ ރާއްޖެ އަށް ހުރި ފުރުސަތުތައް އެހެން މީހުން ހޯދުމެވެ. މީގެ ހެއްކަކީ ބިލިއަނުންގެ ޔޮޓްތަކަށް ހާއްސަކޮށް "ސުޕަޔޮޓް" ތަކަށް މަރުހަބާ ނުކިއުމެވެ. މީގެ ބަދަލުގައި ގަވައިދު ހަރުކަށިކޮށް ހަމައެކަނި އަގުނެގުމުގެ ވިސްނުމުގެ ނަތީޖާއަކީ ރާއްޖެއަށް ތަންމިނަށް ހުޅުވިފައި އޮތް މި ފުރުސަތު ހަނިވާން ފެށުމެވެ. މީގެ ފައިދާ ނަގައިއަބޫދާބީ އިން ސުޕަ ޔޮޓްތަކަށް ހާއްސަ ބަނދަރެއް ހަދައި، މި ވިޔަފާރިއަށް ނުކުންނަން ވަނީ މަސައްކަތް ފަށާފަ އެވެ. 

މެދުއިރުމަތީގެ ނޫސްތަކުގައިވާ ގޮތުން ޔޫއޭއީގެ ވެރިރަށް އަބޫދާބީއަކީ ސުޕަޔޮޓްތަކާއި މަތީ ފަންތީގެ ކަނޑުގެ ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ މަންޒިލަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެގޮތުން ޓެކްސްގެ ލުއިކަން ދީ، ގަވައިދުތަކުގެ ތެރެއިން އެމީހުންނަށް "ހަމަނޭވާލާން" ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. 

ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް ކަލްޗަރ އެންޑް ޓޫރިޒަމް – އަބޫދާބީ (ޑީސީޓީ އަބޫދާބީ) އިން ވަނީ ޔޮޓްތަކުގެ ވެރިންނަށާއި، ކެޕްޓަނުންނަށް އަދި ޗާޓަރު ބްރޯކަރުންނަށް ބޭނުންވާނެ އަމަލީ މައުލޫމާތު ހިމެނޭ ދެ ގައިޑެއް މިހާރު ވަނީ ތައާރަފުކޮށްފައެވެ. މި ގައިޑްތަކުގައި އަބޫދާބީގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާނެ ގޮތުގެ އިތުރުން، އެ ސިޓީގެ ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ސަގާފީ ތަންތަން އަދި ސަހަރާގެ ތަޖުރިބާތަކާ ގުޅުވައިދޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. މިއީ ދުނިޔޭގެ ލަގްޒަރީ ޓްރެވަލް މާކެޓުގެ ބޮޑު ހިއްސާއެއް ހޯދުމަށް އަބޫދާބީން އެކުލަވާލާފައިވާ "ޓޫރިޒަމް ސްޓްރެޓެޖީ 2030" ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އަބޫދާބީ ވޯޓަރފްރަންޓް ގައިޑް

މި ގައިޑުގައި އަބޫދާބީގެ އެންމެ ފާހަގަކޮށްލެވޭ 8 މެރީނާއެއްގެ މައުލޫމާތު ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 180 މީޓަރާ ހަމައަށް ދިގު ސުޕަޔޮޓްތަކަށް ޚިދުމަތް ދެވޭނެ ވަސީލަތްތަކާއި، ނެވިގޭޝަން ކޯޑިނޭޓްސް އަދި ފަންނީ ތަފްސީލުތައް ހިމެނެއެވެ.

މި ގައިޑްލައިންގައި ހިމެނޭ މެރީނާތައް

  •  އެމިރޭޓްސް ޕެލަސް މެރީނާ
  •  ޔާސް މެރީނާ
  •  ޔާސް ބޭ ވޯޓަރފްރަންޓް މެރީނާ
  •  ހިއްދު އަލް ސާދިޔާތު މެރީނާ
  •  ހުދައިރިޔާތު އައިލެންޑް މެރީނާ
  •  އަލް ގާނާ މެރީނާ
  •  އިންޓަރކޮންޓިނެންޓަލް މެރީނާ
  •  މަރްސާ އަލް ބަތީން މެރީނާ

މީގެ އިތުރުން، ކޮންމެ މެރީނާއެއްގެ ކައިރީގައި ހުރި މަތީ ފަންތީގެ ރެސްޓޯރެންޓްތަކާއި ބީޗް ކްލަބްތަކާއި ގޯލްފް ކޯސްތަކާއި ވެލްނެސް ރިޓްރީޓްތަކުގެ އިތުރުން ދާރުލްއާސާރުތަކާއި އާޓް ގެލެރީތަކުގެ މައުލޫމާތު ވެސް މި ގައިޑުގައި ވެ އެވެ. އަދި ޔޫއޭއީ އަށް އެތެރެވުމުގެ އުސޫލުތަކާއި ކްރޫޒިން ޕާމިޓްތަކާއި ސަލާމަތީ ގަވާއިދުތަކާއި "އޭޑީ މެރިޓައިމް ހަބް" މެދުވެރިކޮށް ލިބޭ ޑިޖިޓަލް ޚިދުމަތްތަކުގެ ތަފްސީލު ވެސް އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށް މި ގައިޑުގައިވެ އެވެ.  

ލަގްޒަރީ ޗާޓަރު ޕްލޭނިން ގައިޑް

ދެވަނައަށް ނެރެފައިވާ "ލަގްޒަރީ ޗާޓަރު ޕްލޭނިން ގައިޑް" އަކީ ޓްރެވަލް އެޑްވައިޒަރުންނާއި ޗާޓަރު ބްރޯކަރުންނަށް ހާއްސަ ގައިޑެކެވެ. "ސްޓޭ، ސެއިލް ސޭވާ އަދި ސިގްނޭޗަ" މި ހަތަރު ތީމުގެ މައްޗަށް ބިނާކޮށްފައިވާ މި ގައިޑުގައި، 18 މީޓަރާއި 43 މީޓަރާ ދެމެދުގެ ޕްރައިވެޓް ޗާޓަރު ޔޮޓްތަކުގެ މައުލޫމާތު ހިމެނެ އެވެ. މި އުޅަނދުތަކުގައި ދުވާލުގެ ވަގުތުތަކުގައި 60 މެހެމާނުންނަށް އަދި ރޭގަނޑު ނިދާގޮތަށް 12 މެހެމާނުންނަށް ދަތުރުކުރެވޭނެ އެވެ. ގައިޑުގެ އެންމެ ހާއްސަ އެއް ބަޔަކީ 'ދަ ޖާނީ، ރީއިމޭޖިންޑް' ގެ ނަމުގައި އެކުލަވާލާފައިވާ ހަތް ދުވަހުގެ ދަތުރުގެ ތާވަލެވެ. މީގެ ތެރޭގައި ޕްރައިވެޓް ޔޮޓް ދަތުރުތަކާއެކު ގަނޑުވަރު ފަދަ ހޮޓާތަކުގައި މަޑުކުރުމާއި ސަހަރާގެ ތަޖުރިބާތަކާއި މަތީ ފަންތީގެ ކެއުންތައް ހިމެނެއެވެ.

ސަގާފީ އަދި ތިމާވެށީގެ ތަޖުރިބާތައް

ސަގާފަތަށް ލޯބިކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ލޫވްރު އަބޫދާބީ ބަންދުކުރާ ގަޑީގެ ފަހުން ޕްރައިވެޓްކޮށް އެތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތާއި ނެޗުރަލް ހިސްޓްރީ މިއުޒިއަމް އަބޫދާބީގެ ހާއްސަ ޓުއާތައް މި ޕެކޭޖުތަކުގައި ހިމެނެއެވެ. މީގެ އިތުރުން އަރަބި ކެލިގްރަފީއާއި އަތަރު އުފެއްދުމުގެ މާސްޓަރކްލާސްތަކާއި، އަލް ދަފްރާ ސަރަހައްދުގެ ކަނޑުގެ ދިރުންތައް ބަލާލުމަށް ސާ ބަނީ ޔާސް އައިލެންޑަށް ކުރާ ދަތުރުތައްވެސް ހިމެނެއެވެ.

ޑީސީޓީ އަބޫދާބީގެ އެކްޓިން ޑިރެކްޓާ އޮފް ޓޫރިޒަމް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ހައިޘަމް އަލީ ޚަމީސް ވިދާޅުވި ގޮތުގައި މި ގައިޑްތަކުގެ މަގުސަދަކީ ބައިނަލްއަގުވާމީ ޕާޓްނަރުންނަށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ގިނަ ދުވަހުގެ ދަތުރުތައް ރޭވުމަށް ބޭނުންވާނެ އަމަލީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

"އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ކަނޑުގެ އުމްރާނީ ވަސީލަތްތަކާއި މެރީނާތައް، މި ސިޓީގެ އެންމެ މަތީ ފަންތީގެ ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި ސަގާފީ ބިނާތަކާ ގުޅުވާލުމުން، އަހަރުގެ ހުރިހާ ދުވަހަކުވެސް މެދުކެނޑުމެއްނެތި ލަގްޒަރީ ކްރޫޒިންގ ދަތުރުތައް ރާވައިދިނުމަށް ޕާޓްނަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ. 200 އަށްވުރެ ގިނަ ރަށްތަކާއި، ސަގާފީ މުއްސަނދިކަމާއެކު އަބޫދާބީން މި ގައިޑްތައް ނެރެފައިމިވަނީ ބައިނަލްއަގުވާމީ މެރިން ބްރޭންޑްތަކާއި އުފެއްދުންތެރިން ބައިވެރިވާ "އަބޫދާބީ އިންޓަނޭޝަނަލް ބޯޓް ޝޯ" ކުރިއަށްދާ ދަނޑިވަޅާ ދިމާކޮށެވެ.

އަބޫދާބީ އިން މި ފިޔަވަޅު އެޅިއިރު، މިއީ ރާއްޖެއަށް އޮތް މާކެޓެކެވެ، މިގޮތުން ސުޕަޔޮޓަކުން ހަފުތާއަކު މިލިއަނެއްހާ ޑޮލަރު ހަރަދު ކުރާ ކަމަށްވެ އެވެ. މިގޮތުން މި ޔޮޓުތަކުން ތެޔޮ އަޅަ އެވެ، އަދި ކާބޯތަކެތި ރާއްޖޭން ސަޕްލައި ކުރެ އެވެ. ނަމަވެސް މި އުޅަނދުތަކަށް ރާއްޖޭން ހިދުމަތެއް މިހާތަނަށް ނުދެ އެވެ. މީގެ ބަދަލުގައި ގަވައިދު ހަރުކަށިކޮށްގެން ތިބެނީ އެވެ. ނަތީޖާއަކީ ރާއްޖެއަށް އޮތް މިފަދަ ފުރުސަތުތައް ގެއްލިގެން ދިއުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.