ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް | ތިލަފުއްޓަށް ކޮންޓެއިނާ ބާލަން ފަށައިފި

އެމްޕީއެލް އިން ބުނީ ތިލަފުއްޓަށް ކައިރިކުރި "އެމްއެސް.އެސް ގަލީނާ" އިން ރާއްޖެއައީ ޖުމްލަ 524 ޓީއީޔޫ ބަރުކޮށްގެނެވެ. މީގެ ތެރެއިން 490 ޓީއީޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލް އަށެވެ.

ތިލަފުށީ ޕޯޓަށް ކޮންޓެއިނާތައް ބާލަނީ -- އެމްޕީއެލް

ކޮންޓޭނަރ ވެސަލް "އެމްއެސްއެސް ގަލީނާ" އިން ކޮންޓޭނަރ ބޭލުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލްގައި މިއަދު ފަށައިފައެވެ. މިއީ ތިލަފުއްޓަށް ކޮންޓޭނަރ އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނަރ ބޭލުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އެމްޕީއެލް އިން ބުނީ ތިލަފުއްޓަށް ކައިރިކުރި "އެމްއެސް.އެސް ގަލީނާ" އިން ރާއްޖެއައީ ޖުމްލަ 524 ޓީއީޔޫ ބަރުކޮށްގެނެވެ. މީގެ ތެރެއިން 490 ޓީއީޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލް އަށެވެ.

އެ ކުންފުނިން ތިލަފުށީގައި ކޮންޓޭނާ ބޭލުމުގެ އޮޕަރޭޝަންސް މި ގޮތަށް ކުރިއަށް ގެންދިއުމަށް ރާވައި، އެކަމާ ގުޅޭ މަސައްކަތްތައް މި ކުންފުނިން ފެށީ މި އަހަރުގެ މެއި މަހުން ފެށިގެންނެވެ.

"އެއީ، އާދައިގެ މަތިން އައު އަހަރުން ފެށިގެން، ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް، ރާއްޖެއަށް މުދާ ގެންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވުމާއި، އައު ރިސޯޓްތައް ހުޅުވުމުގެ ސަބަބުން މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ،" އެމްޕީއެލް އިން ބުނެފައިވެ އެވެ.

ތިލަފުށީ ޕޯޓަށް ކޮންޓެއިނާތައް ބާލަނީ -- އެމްޕީއެލް

އެމްޕީއެލް އިން ބުނީ ތިލަފުއްޓަށް ކޮންޓޭނާ ބޭލުމުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަަލައަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް ވީހާ ވެސް އަވަހަށް މުދާ ކްލިއަރުކުރުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ.

އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.