މަންޓާއިން ބުނީ ވަޒީފާއާބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތުވެސް އެ ކުންފުނިން ދީފައިވެ އެވެ.

ފުރޮޅުލީ މަތިންދާ ބޯޓު ބޭނުންކޮށްގެން ފަސިންޖަރުން ގޮވައިގެން ދަތުރު ކުރުމުގެ ވިޔަފާރި ހުއްޓާލަން މަންޓާ އެއާއިން ނިންމައިފި އެވެ.
މިކަން ހާމަވީ މަންޓާ އެއާގެ މުވައްޒަފުންނަށް އެ ކުންފުނީގެ އޭޓީއާރު ބޯޓުތަކުގެ ދަތުރުތައް ހުއްޓާލިކަން އިއުލާނުކޮށް ފޮނުވި ސާކިއުލާއިންނެވެ. މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ނޯޓިސްއެއްގައިވާ ގޮތުން، މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މަންޓާއިން ބުނީ ވަޒީފާއާބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތުވެސް އެ ކުންފުނިން ދީފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްތިއުފާ ހުށަހަޅާ މުވައްޒަފުންނަށް، ނޯޓިސް މުއްދަތަށް ލިބެންޖެހޭ ފައިސާގެ ބަދަލުގައި އެ އަދަދަށްވާ ފައިސާ ދިނުމަށް ވެސް ކުންފުނިން ވަނީ ނިންމާފައެވެ.
މަންޓާ އެއާއިން ބުނި ގޮތުގައި މި ނިންމުމަކީ އޭޓީއާރު ކްރޫންގެ ގާބިލުކަމާއި ޕްރޮފެޝަނަލިޒަމްއާ ގުޅުންހުރި ނިންމުމެއް ނޫނެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައި ވެސް މުވައްޒަފުން ދެއްކި ހިތްވަރާއި ކުރި މަސައްކަތަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.