ަހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރަނީ

އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހައިކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރުގެ އިތުރުން 10 ފަނޑިޔާރެކެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުންނަށް އެ އަދަދު ބަދަލު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.

އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހައިކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރުގެ އިތުރުން 10 ފަނޑިޔާރެކެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުންނަށް އެ އަދަދު ބަދަލު ކުރުމަށެވެ.

މަޖިލީހުން އެ އިސްލާހު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގައި ހައިކޯޓަށް އިތުރު ހަތަރު ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅި ބޭނުމެއް ކަމުގައި ބުނެފައި ވަނީ ޝަރީއަތްތައް އަވަސްކުރުމާއި އަދުލު އިންސާފަށް ވާސިލުވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށެވެ.

އެގޮތުން ބިލުގައި އިތުރު ގިނަ ބަދަލުތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ޖުޑިޝަލް ކައުންސިލެއް އެކުލަވާލުމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ވަކިގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައަޅަން ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.