އެތެރޭގެ ބާޒާރުގައި އެންމެ ގިނަ އަދަދަކަށް ސަރުކާރުގެ ސެކިއުރިޓީޒް ގަނެފައިވަނީ ވިޔަފާރި ބޭންކުތަކުންނެވެ. އެގޮތުން ރުފިޔާ ޓީ-ބިލްގެ ތެރެއިން 25,8 ބިލިއަން ރުފިޔާއާއި، ޑޮލަރު ޓީ-ބޮންޑުގެ ތެރެއިން 9,8 ބިލިއަން ރުފިޔާ އެވެ.

ބަޖެޓު ފޫބައްދަން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދިވެހި ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒް (ޓީ-ބިލާއި ޓީ-ބޮންޑު) ގެ ޖުމްލަ އަދަދު 100 ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ "ގަވަމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިން" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކަންޖެހޭ ސެކިއުރިޓީޒްގެ ޖުމްލަ އަދަދަކީ 101,6 ބިލިއަން ރުފިޔާ އެވެ. މި އަދަދުގެ ތެރޭގައި ހިމެނެނީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ (ޑޮމެސްޓިކް) ސެކިއުރިޓީޒްގެ ގޮތުގައި ހުރި 100,1 ބިލިއަން ރުފިޔާއާއި، ބޭރުގެ ބާޒާރަށް ވިއްކާފައިވާ (އެކްސްޓާނަލް) ސެކިއުރިޓީޒްގެ ގޮތުގައި ހުރި 1,5 ބިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތެރޭގެ ބާޒާރުގައި އެންމެ ގިނަ އަދަދަކަށް ސަރުކާރުގެ ސެކިއުރިޓީޒް ގަނެފައިވަނީ ވިޔަފާރި ބޭންކުތަކުންނެވެ. އެގޮތުން ރުފިޔާ ޓީ-ބިލްގެ ތެރެއިން 25,8 ބިލިއަން ރުފިޔާއާއި، ޑޮލަރު ޓީ-ބޮންޑުގެ ތެރެއިން 9,8 ބިލިއަން ރުފިޔާ ހިއްސާކުރަނީ ވިޔަފާރި ބޭންކުތަކުންނެވެ. މީގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުން ވެސް ބޮޑު އަދަދެއް އިންވެސްޓްކޮށްފައިވެއެވެ.