އެމްޑީޕީ އެތެރޭގެ އިންތިހާބު | ޤައުމީ މަޖިލީހުގެ ކ. ގޮނޑިއަށް ސޮލާހު

އޭނާ ވިދާޅުވީ، މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރި، އަދި ނަތީޖާ ނެރުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާނޭ މީހަކަށް ވެވަޑައިގަންނަވާނެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް އިންތިހާބުގައި، ކ. އަތޮޅު މެންބަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ މާފުށި ކައުންސިލްގެ ކުރީގެ ރައީސް ހަސަން ސޮލާހު ވާދަކުރާނެކަން އިއުލާނުކޮށްފި އެވެ. 

ސޯޝަލް މީޑިއާގައި އާންމުކުރެއްވި އެ މެސެޖުގައި ސޮލާހު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުންކަން ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމާއެކު ދިވެހިންނަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވެރިކަން ކުރާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ކުރާ ފައިދާއާއި ގެއްލުން ކޮންމެ ރައްޔިތަކު ވެސް މިއަދު ވަޒަންކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނުރަނގަޅު އަސަރުތައް ދިވެހިން ތަޖުރިބާކޮށްފައިވާކަން ފާހަގަކުރައްވައި، ސޮލާހު ވިދާޅުވީ ވެރިކަމަކީ އަމާނާތެއް ކަމަށެވެ. އެ އަމާނާތަށް ޚިޔާނާތްތެރި ނުވެވޭނޭ ފަދަ ހަރުދަނާ ނިޒާމަކާއި ވެރިކަމުގެ ވައްޓަފާޅިއަކަށް ބަދަލު ގެންނަން ދިވެހިން ބޭނުންވާ ކަމަށާއި، މިއަދު ދިވެހިންގެ ކުރިމައްޗަށް ހުށަހެޅިފައިވާ އެންމެ ބޮޑު ބަދަލަކީ އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިންނަށް ޚިޔާނާތްތެރި ނުވެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، ދައުލަތުގެ މުދަލާއި ފައިސާ ހެޔޮގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް އިންސާފުވެރި އަދި ފުދުންތެރި ބަދަލެއް ގެނައުމުގެ ވަކާލާތުގައި ސާބިތުވެ ހުރުމަށް ފުރުސަތު ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ކ. އަތޮޅު ތަމްސީލުކުރުމަށް ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަމުން ސޮލާހު ވިދާޅުވީ، މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރި، އަދި ނަތީޖާ ނެރުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާނޭ މީހަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.