ބަޖެޓް- 27 | މި އަހަރަށްވުރެ 4.5 ބިލިއަން ކުޑަކޮށް ބަޖެޓް ފާސްކޮށްފި

ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ހަސަން މިއަދު ބަޖެޓް ހުށަހަޅަނީ -- މަޖިލިސް

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތާއެކު، މިއަހަރުގެ ބަޖެޓަށްވުރެ 4.5 ބިލިޔަން ރުފިޔާ ދަށްކޮށް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުމްލަ 59,7 ބިލިއަން މި ބަޖެޓަކީ މިއަހަރަށް ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު ބޮޑުތަނުން ކުޑަކޮށްފައިވާ ބަޖެޓެކެވެ. ހަރަދުތައް ދަށްކޮށްފައިވާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 43.2 ބިލިޔަން ރުފިޔާއަށް އުފުލާފައެވެ. މިއީ މިއަހަރުގެ އާމްދަނީއަށްވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އެގޮތުން ބަޖެޓު ފާސްކުރަން ފެންނަކަމަށް 65 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.

މި ބަޖެޓު ފާސްކޮށްފައިވަނީ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށް، ތަޅުމަށް ފޮނުވި ރިޕޯޓަށް މެންބަރުން ހުށަހެޅި 23 އިސްލާހަށް ރިއާޔަތްކުރުމަށްފަހުއެވެ.

އިއްޔެ ފެށި ބަޖެޓު ބަހުސްގައި، ކޮންމެ މެންބަރަކަށް 7 މިނިޓުގެ ފުރުސަތެއް ދެއްވާފައިވާއިރު، ބަހުސްގައި ވާހަކަދެއްކެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ވަކި ރަށެއް ބާކީނުވާގޮތަށް އެކުލަވާލާފައިވާ އުންމީދީ ބަޖެޓެކެވެ. ހާއްސަކޮށް ރަށްރަށުގައި ހުއްޓިފައިވާ އަދި ފެށިފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ނިންމުމަށް އިސްކަންދީފައިވާއިރު، ސިއްހީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި އަދަދުތަކެއް ކަނޑައަޅާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ބަޖެޓް ހާއްސަވާ 10 ދާއިރާ

  • ސިއްހީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ
  • ތައުލީމީ ދާއިރާ އަދި ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ
  • އިގުތިސާދާއި ސިނާއީ ދާއިރާ އަދި ދަރަނީގެ ހަރަދުގެ ދާއިރާ
  • ދިފާއީ، އަދުލު އިންސާފު އަދި އާންމު ހިދުމަތްތަކުގެ ދާއިރާ
  • ތިމާވެށި ރައްކާތެރިކުރުމާއި އެހެނިހެން ދާއިރާތައް

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން، މި ހިނގާ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ނިމޭއިރު އެ އަދަދު 907.2 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.