އެޑްވަޓޯރިއަލް

އައިއައިޓީ ޖަނަވަރީ އިންޓޭކް | ކޯސްތަކުގަ ބައިވެރިވެގެން ފަހުގެ އައިފޯނެއް ލިބުމުގެ ފުރުސަތު

މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އައި ފޯން 18 ޕްރޯމެކްސް އެއް ލިބިގެންދާނެ އެވެ.

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އިން ފެއާއެއްގައި ބައިވެރިވެ މައުލޫމާތު ދެނީ

އައިއައިޓީގެ މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގބޫލުކުރާ، އެމްއެންކިއުއެފް ލެވެލް ތިނަކުން ފެށިގެން ލެވެލް ހަޔަކާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭ ކޯސްތަކެއް ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ. 


މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގައި 16 އަހަރުގެ ތަޖުރިބާ ލިބިފައިވާ އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އިން، 2027ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް އެކި ދާއިރާތަކުން ކޯސްތައް އިޢުލާނުކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އަދި މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އައި ފޯން 18 ޕްރޯމެކްސް އެއް ލިބިގެންދާނެ އެވެ.

އައިއައިޓީ އިން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ، އެމްއެންކިއުއެފް ލެވެލް ތިނަކުން ފެށިގެން ލެވެލް ހަޔަކާ ހަމައަށް ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަ އެވެ.

އިޢުލާނުކޮށްފައިވާ ދާއިރާތަކާއި ލެވެލްތައް

ސެޓްފިކެޓް ލެވެލް 3 (15 ހަފުތާ) - ބިޒްނަސް މެނޭޖްމަންޓް، އެޗްއާރްއެމް، ޓްރެވަލް އެންޑް ޓޫރިޒަމް، އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި އިނގިރޭސި ބަހުގެ ކޯސްތައް
އެޑްވާންސް ސެޓްފިކެޓް ލެވެލް 4 (1 އަހަރު) - ބިޒްނަސް، އެޗްއާރްއެމް، އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް
ޑިޕްލޮމާ ލެވެލް 5 (1 އަހަރު) - އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އޮފީސް މެނޭޖްމަންޓް، އެޗްއާރްއެމް، ޓްރެވަލް އެންޑް ޓޫރިޒަމް، އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް
އެސޯސިއޭޓް ޑިގްރީ ލެވެލް 6 (2 އަހަރު) - ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮފީސް މެނޭޖްމަންޓް އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް

މި ކޯސްތަކުގެ ތެރެއިން ގިނަ ކޯސްތަކަކީ މާލޭގައި ތިބެގެން ނުވަތަ އޮންލައިންކޮށް ކިޔެވުމުގެ އިޚްތިޔާރު ލިބިގެންދާނެ ކޯސްތަކެކެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ) ގެ ފުރުޞަތު ވެސް މި އިންޓޭކުގައި ވަނީ ހުޅުވާލާފަ އެވެ. 2026 ނޮވެންބަރު 26 ހުން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވަރަ އެކްސްޕޯގައި އައިއައިޓީގެ ފަރާތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 14 ޖަނަވަރީ 2027 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ އިންސްޓިޓިއުޓްގެ ނަންބަރު 9639992 އަށް ގުޅުއްވުމަށް ނުވަތަ ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.