އެމްއެމްއޭ އިހަވަންދިއްޕޮޅު ފިންލެޓް ފެސްޓަށް ބޮޑު ތަރުހީބެއް

މި މަހުގެ 20 އިން 22 އަށް ހއ. ދިއްދޫ، ވަށަފަރާއި ކެލާ އަދި ފިއްލަދޫ އާއި އުތީމު އަދި މުރައިދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން، އަތޮޅުތެރޭގެ ރައްޔިތުންނާއި ޒުވާން ޖީލު މާލީ ނިޒާމަށް ލޯހުޅުވިގެންދާނެ އެވެ.

އެމްއެމްއޭއިން ހއ. އަތޮޅުގައި ބޭއްވި އިވެންޓުގައި ގަވަރުނަރު މައުލޫމާތު ދެއްވަނީ - އެމްއެމްއޭ

ހއ. އަތޮޅުގައި ކުރިއަށްގެންދިޔަ "ފިންލިޓް ފެސްޓް" އާއެކު ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު ކުރިއެރުމެއްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހއ. އަތޮޅުގެ ހަ ރަށެއްގައި ކުރިއަށްގެންދިޔަ "ފިންލިޓް ފެސްޓް" ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއާއި ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ދާއިރާއަށް ފުޅާ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.

މި މަހުގެ 20 އިން 22 އަށް ހއ. ދިއްދޫ، ވަށަފަރާއި ކެލާ އަދި ފިއްލަދޫ އާއި އުތީމު އަދި މުރައިދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން، އަތޮޅުތެރޭގެ ރައްޔިތުންނާއި ޒުވާން ޖީލު މާލީ ނިޒާމަށް އަހުލުވެރިވެ، މާލީ ދާއިރާގެ ކުރިމަގު އުޖާލާވުމަށް ވަނީ މަގުފަހިވެފައެވެ. 

މާލީ ދާއިރާއަށް ގިނަ ފައިދާތަކެއް ލިބޭނެ

ޑިޖިޓަލް ޕޭމަންޓް ނިޒާމު ފުޅާވުން - ޕޭމަންޓް މޯލްޑިވްސްގެ ބައިވެރިވުމާއެކު "ފަވަރަ" އާއި ޑިޖިޓަލް ޕޭމަންޓްގެ މުސްތަގުބަލާ ގުޅޭގޮތުން ދެވުނު މައުލޫމާތުގެ ސަބަބުން، ރަށްރަށުގައި ޒަމާނީ މާލީ ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވެ، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އިސްވެ ހުންނަވައި އަންހެނުންނާއެކު ބޭއްވި ފޯކަސް ގްރޫޕް މަޝްވަރާތަކުގެ ސަބަބުން، ރަށްރަށުގައި މާލީ ޚިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ސީދާ މަރުކަޒީ ބޭންކަށް ދެނެގަނެވި، އެކަންކަން ހައްލުކުރުމަށް ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވާނެ އެވެ.  

ގަވަރުނަރު އަހްމަދު މުނައްވަރު ސްކޫލް ދަރިވަރުންނާ ބައްދަލުކުރައްވައި، ބޭންކިންއާއި މާލީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަކީ، ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ޝައުގުވެރިވާ ގާބިލު ދިވެހި ޒުވާނުން އުފެދިގެންދާނެ ކަމެކެވެ.

އެމްއެމްއޭއިން ބޭއްވި ފިންލެޓް ފެސްޓުގެ ހަރަކާތްތަކެއް - ވީޑިއޯ އެމްއެމްއޭ

ޒިންމާދާރު މާލީ ސަގާފަތެއް އަށަގަތުން - ކުޑަކުދިންނާއި ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންތަކާއި "ކިޑްސް ކްލަބްހައުސް" ހަރަކާތްތަކުގެ ސަބަބުން، ޅަފަތުގައި ފައިސާ ރައްކާކުރުމާއި ޒިންމާދާރުކަމާއެކު ޚަރަދުކުރުމުގެ އާދަ އަށަގަނެ، މުސްތަގުބަލުގައި ދަރަނިވެރިވުން ކުޑަ، ހޭލުންތެރި މުޖުތަމައެއް ބިނާވުމަށް އެހީތެރިވެދޭނެއެވެ.

ބޭރު ފައިސާގެ ގާނޫނަށް އަހުލުވެރިވުން - ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ސަބަބުން، ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްކާތެރިކަމާއެކު މާލީ މުއާމަލާތްތައް ހިންގުމަށް ބާރުއެޅި، ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ބޮޑުވެގެންދާނެއެވެ.

މި ދަތުރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ފަދަ މާލީ އިދާރާތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި މިއީ ރަށްރަށަށް އަމާޒުކޮށްގެން ފެށި މިފަދަ ފުރަތަމަ ބުރު ކަމަށާއި، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެއެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.