ހުޅުމާލެއިން 60،000 އަދިވެސް މަސައްކަތަށް ދަނީ މާލެ

ގިނަ ބަޔަކު މާލެ އަރަން ޖެހެނީ ހުޅުމާލޭގައި އާމްދަނީ ހޯދޭނެ ފުރުސަތު މަދުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި

ސިނަމާލެ ބްރިޖް ކައިރީ ފުލުހަކު ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 60،000 މީހުން އަދިވެސް މަސައްކަތަށް މާލެ އަށް ދާން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލެ ހިއްކައި މީހުން ދިރިއުޅެން ފެށި ނަމަވެސް 2018 ވަނަ އަހަރު ސިނަމާލެ ބްރިޖު އެޅުމާ ހަމައަށް އެއީ މީހުން ނިދަން އެކަނި އަރާ ތަނެއް ކަމަށެވެ.

މިހާރު ވެސް ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުން ވަޒީފާ އަށާއި އާމްދަނީ ހޯދަން މާލެ އަރަން ޖެހޭ ކަމަށާއި ކޮންމެ ދުވަހަކު 60،000 މީހުން ބްރިޖު ހުރަސް ކޮށްފައި މާލެ އަރާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އޭގެ މައިގަނޑު ސަބަބަކީ މުއްތަލިބް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ވަޒީފާ އާއި އާމްދަނީ ހޯދޭނެ ފުރުސަތުތައް މަދުވުމެވެ.

އެހެންކަމުން ރަސްމާލެ ތަރައްގީ ކުރާ އިރު އެގޮތަށް ތަރައްގީ ކުރަން ބޭނުން ނުވާ ކަމަށާއި ރަސްމާލެއަކީ މީހުންނަށް ވަޒީފާ ލިބި އަނބުރާ މާލެ އަށް އަންނަން ނުޖެހޭނެ ގޮތަކަށް އޮންނަ ތަނަކަށް ހަދަން ބޭނުންވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅާއި ގިރާވަރުފަޅު ޕްލޭން ކުރި ގޮތަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އެ ދެ ރަށުގައި މީހުންނަށް ގޯތި ދީފައި ހުރީ ވިޔަފާރިއެއް ހިންގަން ޖާގައެއް ނުދީ ކަމަށާއި އެގޮތަށް އެކަން ކުރުމުން 40 އަހަރު ވާއިރު ވެސް ތަރައްގީ ނުވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.