ފެނުގެ ނިޒާމް ނެތް 43 ރަށް، ނަރުދަމާ ނެތް 33 ރަށް، 2027 ގެ ނިޔަލަށް ނިމޭނެ

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ފެނާއި ނަރުދަމާ ނެތް ރަށްތަކުގެ މަސައްކަތް 2027 ގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށެވެ.

މިހާރު ރާއްޖޭގައި އޮތީ ފެނުގެ ނިޒާމް ނެތް 43 ރަށް ކަމަށާ، ނަރުދަމާ ނެތް 33 ރަށް ކަމަށް ހައުސިން އާބަން ޑިވްލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ފެނާއި ނަރުދަމާ ނެތް ރަށްތަކުގެ މަސައްކަތް 2027 ގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށެވެ.

"ފެނާއި ނަރުދަމާ ނިންމުމަކީ ގާނޫނީ ގޮތުން ވެސް ޒިންމާއެއް. އަދި މިއީ ޔުނައިޑެޓް ނޭޝަނަލް މިލީނިއަމް ޑިވްލޮޕްމަންޓް ގޯލްސްގެ ތެރެއިން ވެސް ކުރަން ޖެހޭކަމެއް. ޓާކެޓަކީ 2027 ގެ ނިޔަލަށް މަސައްކަތް ނިންމާލުން،" މުއްތަލިބް ވިދާޅުވި އެވެ. 

މިނިސްޓަރު އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަނީ މަދު ކުންފުނިތަކަކުން ކަމަށާ އެ ކުންފުނިތަކަށް ނުކުރެވޭތި އެމްޑަބްލިއުއެސްސީއާއެކު ވެސް މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.