މިއީ ފައިސަލް އަށް ތާއީދު ކުރައްވާ ކަން އިބޫ ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރޭ ބޭއްވި ބައްދަލުވުމަކަށް ފަހު "ސަންގު" އާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ފައިސަލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެ އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ މަނިކުފާނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
"އަޅުގަނޑު ތާއީދު ކޮށްގެން [ފައިސަލް އާއި އަލީ އާޒިމް] ކުރިމަތިލެއްވީ،" އިބޫ ވިދާޅުވި އެވެ.
ފައިސަލް ވެސް މީގެ ކުރިން ވަނީ އޭނާ ކުރިމަތިލާން ނިންމެވީ އިބޫ އަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެވަނަ ކެންޑިޑޭޓަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.