މިދިޔަ ހަފުތާގަ އެމްޕީއެލް | އަވަހަށް ހަލާކުވާ 86،017 ޕެކޭޖު ކްލިއަކުރި

އެމްޕީއެލް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ޖުމްލަ ނުވަ ބޯޓު ވަނީ ބަނދަރުކޮށްފައެވެ. އެއީ ދެ ކޮންޓެއިނަރު ބޯޓާއި ހަތް ޖެނެރަލް ކާގޯ ބޯޓެވެ.

އެމްޕީއެލް މުވައްޒަފުން މުދާ ބާލައި ވިޔަފާރި ބަނދަރުގައި ހުރި ގުދަނަކަށް ޖަމާ ކުރަނީ -- އެމްޕީއެލް

މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަލާކުވާ ޒާތުގެ 86،000 އަށްވުރެ ގިނަ ޕެކޭޖުގެ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާކޮށްފި އެވެ. 

އެމްޕީއެލްއިން އިން މިމަހުގެ 15 އިން 21 ގެ ނިޔަލަށް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލް ކާގޯ) ގެ ޖުމްލަ 86،017 ޕެކޭޖު ކްލިއާކޮށްފިއެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނައިން ކްލިއާކޮށްފައިވާ އަވަހަށް ހަލާކުވާ ޒާތުގެ ބާވަތްތަކަކީ ބިހާއި، ފިޔާ އަދި ކަރައެވެ.

ކްލިއަކުރި ޕެރިސަވަލް މުދާ

  • ބިސް: 21،996 ޕެކޭޖު
  • ފިޔާ: 15،665 ޕެކޭޖު
  • ކަރާ: 11،966 ޕެކޭޖު
  • އަލުވި: 8،186 ޕެކޭޖު
  • ޓޮމާޓޯ: 6،748 ޕެކޭޖު
  • އަލަނާސި: 4،512 ޕެކޭޖު
  • ކެބެޖު: 4،344 ޕެކޭޖު
  • ދޮންކެޔޮ: 3،575 ޕެކޭޖު
  • މީގެ އިތުރުން ބަރަބޮލާއި، ބަށި، މިރުސް، ލުނބޯ، އިނގުރު އަދި އެހެނިހެން މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް ގިނަ އަދަދަކަށް ވަނީ ކްލިއާކޮށްފަ

ބަނދަރަށް އައި ބޯޓުފަހަރާއި ކޮންޓެއިނަރުގެ ތަފާސްހިސާބު

އެމްޕީއެލް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ޖުމްލަ ނުވަ ބޯޓު ވަނީ ބަނދަރުކޮށްފައެވެ. އެއީ ދެ ކޮންޓެއިނަރު ބޯޓާއި ހަތް ޖެނެރަލް ކާގޯ ބޯޓެވެ. އަދި މި މުއްދަތުގައި ދެ ކޮންޓެއިނަރު ބޯޓާއި ނުވަ ޖެނެރަލް ކާގޯ ބޯޓު ބަނދަރުން ފުރާފައިވެއެވެ. ކޮންޓެއިނަރުގެ މުއާމަލާތްތަކަށް ބަލާއިރު، މި ހަފްތާގައި ޖުމްލަ 3،146 ޓީއީޔޫސް (ކޮންޓެއިނަރު) ހެންޑްލްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޯޓުފަހަރުން ބޭލި 1،786 ޓީއީޔޫސް އާއި ބޯޓުފަހަރަށް އެރުވި 1،360 ޓީއީޔޫސްއެވެ.

މުދާ ކްލިއާކުރެވުނު މިންވަރު

މިދިޔަ ހަފްތާގައި ކްލިއާކުރެވުނު މުދަލުގެ ޖުމްލަ ބަރުދަނަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުފަހަރުން 40،472.73 ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާއިރު، ޖެނެރަލް ކާގޯ ބޯޓުފަހަރުން 3،666.37 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފަ އެވެ. އަދި މި މުއްދަތުގައި ކޮންޓެއިނަރު ބޯޓުފަހަރުގެ 1،319 ކޮންސައިންމަންޓާއި ޖެނެރަލް ކާގޯ ބޯޓުފަހަރުގެ 588 ކޮންސައިންމަންޓް ވަނީ ކްލިއާކޮށް ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.