މެގް މަޝްރޫއު | މި އުފެދެނީ އިންޑިއާ ކަނޑުގެ ހަކަތައިގެ އާ މަރުކަޒު

މި މަޝްރޫއުގެ އެންމެ އަަވަހަށް ނިންމާނީ ބަނދަރެވެ. މި މަޝްރޫއުގައި މީގެ އިތުރުން މޫދު ކައިރީގެ ރިއަލް އެސްޓޭޓް ރެސިޑެންޝަލް އައިލެންޑް ވިލާތަކާއި 18 ގޮލްފް ދަނޑުވެސް ހިމެނެ އެވެ.

މެގް މަޝްރޫއުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު -- އިކޮނޮމިކް މިނިސްޓްރީ

މިމަހުގެ ކުރީކޮޅު ރާއްޖޭގައި ސޮއިކުރެވިގެން ދިޔަ ދިވެހިންގެ ގިނަ ބަޔަކު ދަންނަ ގޮތުންނަމަ "އިހަވަންދިއްޕޮޅު" ބަންކަރިން ޕޯޓްއާއެކު ވަސީލަތް ގާއިމް ކުރުމުގެ މަޝްރޫއަކީ ހަމައެކަނި ތެޔޮ ބަހައްޓާ ތެޔޮއަޅާ މަރުކަޒެއް ނޫނެވެ. މައިގަނޑު ސަބަބަކީ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ ތަޅާފޮޅުމާއެކު ކުރިން ނެތް ފުރުސަތުތަކެއް އަނެއްކާވެސް ރާއްޖެއާ ދިމާލަށް އޮޔެވަރާއެކު އަންނަމުން ދިއުމެވެ. އެހެންވެ ދިވެހި ސަރުކާރުތަކުގެ ހަގީގަތަކަށް ނުވެ އޮތް "ޑްރީމް މަޝްރޫއު" ކުރިއަށް ގެންދަން މިވަނީ ސޮއިކޮށްފަ އެވެ. ރާއްޖޭގެ އުތުރުގައި ބިލިއަން ޑޮލަރުގެ ބައިނަލްއަޤްވާމީ ބަނދަރަކާއި، ލޮޖިސްޓިކްސް އަދި އިޤްތިސާދީ ތަރައްގީގެ މަރުކަޒެއް ތަރައްޤީކުރުމަށް އަބޫދާބީގެ އިންވެސްޓްމަންޓް އެންޑް އޮޕަރޭޝަންސް ގްރޫޕެއް ކަމަށްވާ "ސަރްޙް ގްރޫޕް" އާއެކު ރާއްޖެއިން ކުރިސޮޔަކީ މި ސަރަހައްދަށް އަންނަން އޮތް ފުރުސަތެއްގެ ފެށުމެވެ. 

ދަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (މެގް) ގެ ނަން ދީފައިވާ މި މަޝްރޫއުގެ ފުރުސަތުތަކުގެ ވާހަކަ ފޯބްސްގައި އޮތްއިރު، ބުނެފައިވަނީ އިންޑިއާ ކަނޑަކީ ދުނިޔޭގެ ހަކަތަ ދައުރުވުމުގެ މައި ނާރެއްގެ ގޮތުގައި އޮތުމެވެ. އެހެންވެ ސަރްޙް ގްރޫޕުން މި މަޝްރޫއު ކުރިއަށް ގެންދަނީ ތަފާތު އެކި ބައިތައް ހިމަނައިގެންނެވެ. މަޝްރޫގައި ތެޔޮ ރައްކާކުރާ ނިޒާމާއި ލޮޖިސްޓިކްސް ހަބަކާއި މި ސަރަޙައްދުގައި ބޮޑު ފެސިލިޓީއެއް ހިންގޭނެ އެންމެ ޒަމާނީ ވަސީލަތް ހަދާނެ އެވެ. ކުރިއަށް އޮތް މަދު މަސް ކޮޅުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، ބަނދަރާ ގުޅުންހުރި ބައިތަކުގެ އިތުރުންވެސް ގިނަ ވަސީލަތްތަކެއް މި މަޝްރޫއާއެކު ހިމެނެ އެވެ. 

ބަނދަރުގެ އިތުރުން ގިނަ ބައިތަކެއް ހިމެނޭ

މި މަޝްރޫއުގައި ވެސް ރާއްޖެ އިން އާންމުކޮށް ފެންނަ ފަދަ ލަގްޒަރީ ހުރިހާ ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި މޫދު ކައިރީގެ ރިއަލް އެސްޓޭޓް ރެސިޑެންޝަލް އައިލެންޑް ވިލާތަކާއި 18 ގޮލްފް ދަނޑުވެސް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި އުޅޭ ބޮޑެތި ވާލުގެ އެންމެ މަޤްބޫލު މަންޒިލަކަށް ވެގެންދާނެ ބޮޓެނިކަލް ގާޑަންއެއް ވެސް މިމަޝްރޫއުގައި ހިމެނެ އެވެ. އެހެންވެ މި މަޝްރޫއު ފުރިހަމަ ވެގެންދާއިރު ފެންނާނީ މުޅިން ތަފާތު ރާއްޖޭގެ ރީތި ގުދުރަތީ މަންޒަރެކެވެ. 

މެގް މަޝްރޫއުގައި ތަރައްގީ ކުރާނެ ބައެއް ވަސީލަތްތައް

މި މަޝްރޫޢުގެ މައިގަނޑު ބައި ކަމަށްވާ ބޮޑު ބައިނަލްއަޤްވާމީ ބަނދަރު މުހިންމު ވަނީ، އެ ބަނދަރު ތަރައްގީކުރެވެނީ ވަރަށް އިސްތިރާޖީ މުހިންމު ހަތަރު އަނގޮޅިއެއްގައި ކަމަށްވާތީ އެވެ. ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ޝިޕިން ލޭން ކައިރީގައި ރާއްޖޭގެ އުތުރު އޮތުމުގެ ފައިދާ މިހާތަނަށް ރާއްޖެއިން ނެގިފައި ނެތުމުންނެވެ. މި މަޝްރޫއާއެކު އެ ފުރުސަތު ފަހިވާނެތީ އެވެ. 

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަންނަނީ ހަމަ އެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް މިތާ ބިނާކޮށްފައި ފައިސާ [އިންވެސްޓްމެންޓްގެ އަގު] ހޯދައިގެން ދާ ގޮތަކަށް ނޫނެވެ. 

"އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއެރުން ހޯދަން، އިތުރު ފުރުސަތުތައް ހޯދުން. އަޅުގަނޑަށް ހީވަނީ އެ ފުރުސަތު [ރާއްޖޭގައި] އެބައޮތްހެން،" އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވެފައިވެ އެވެ. 

މެގް މަޝްރޫއުގައި ތަރައްގީ ކުރާނެ ބައެއް ވަސީލަތްތައް

މެދުއިރުމައްޗާއި އިރުމަތީ އޭޝިއާ ގުޅުވައިދޭ ދެކުނު އޭޝިއާ ސަރަޙައްދުގެ އައު ސިންގަޕޫރެއްގެ ގޮތުގައި ދިގު މުއްދަތަކަށް ދެމިއޮންނާނެ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ރާއްޖެއަށް ވާން މި ހުޅުވެނީ އާ ފުރުސަތެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.