މުދާ ވަނީ ކްލިއަ ކުރެވިފަ، އެހެންވެ މިހާރު އަގުބޮޑު ނުކުރާނެ ކަމަށް އުންމީދުކުރަން

މިނިސްޓަރު ވިދާޅުވީ ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވި ކަމަށް ބެލިބެލުމުން އެނގުނު. ނަމަވެސް ޝޯޓޭޖު އައިއިރުވެސް އެސްޓީއޯއިން 40ރ އަށް ކިލޯ ލިބެންހުރި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ބާޒާރުގައި ބައެއް ތަކެތީގެ އަގު އުފުލިގެން ދިޔައީ ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވެގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ ނަމަވެސް މިހާރު އެ މަައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއް 100ރ. އިން މައްޗަށް އަރައިގެން ދިޔަ ދިއުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ
ކެރެޓުކިލޯގެ އަގާއި ގުޅިގެން ކުރެއްވިސުވާލަކީ އަގުބޮޑުވި ސަބަބު ބުނެދޭނެ ކަމަށެވެ.

"ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވި ކަމަށް ބެލިބެލުމުން އެނގުނު. ނަމަވެސް ޝޯޓޭޖު އައިއިރުވެސް އެސްޓީއޯއިން 40ރ އަށް ކިލޯ ލިބެންހުރި،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު ސަޕްލައި މައްސަލަދިމާވި ކުންފުނިތަކުގެ މުދާވެސް ވަނީ ކުލިއަ ކުރެވިފައި ކަމަށާ ވީމާ އަގު ބޮޑުކޮށް ނުވިއްކަވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"ހަމައެއާއިއެކު ހަމަމިވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނާސް ކްލިއާ ކުރަމުން އެބަދޭ،" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.