އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ކްލަބް އެޗްޑީސީގެ ޓީމުން ވަނީ މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ކްލަބް އެޗްޑީސީގެ ޓީމުން ވަނީ މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައެވެ.

1. ބީޗް ވޮލީ ޗެމްޕިއަންޝިޕް

މި އަހަރުގެ ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ޖުމުލަ 18 ޓީމު ވާދަކުރި މި މުބާރާތުގައި މި ކޯޕަރޭޝަންގެ ފަރާތުން ތިން ޓީމު ވާދަކުރިއެވެ. 

· ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން

· ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު

· ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން

މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

2. ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު

މި އަހަރުގެ ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މި މުބާރާތުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި އެޗްޑީސީ ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.

3. ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް

ނޮވެންބަރު 18 ވަނަ ދުވަހު ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި މި މުބާރާތުގައި ވެސް މި ކޯޕަރޭޝަން ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ (އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން) އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.

މި ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.