ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއް | ފެރިދޫ އާއި ފުވައްމުލަކުން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ފެރިދޫ އާއި ފުވައްމުލަކުގައި ހިނގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ އަތުންވެސް މަތުވާތަކެތި ފެނިފައިވެ އެވެ.

ފުލުހުން އއ. ފެރިދޫ އާއި ޏ. ފުވައްމުލަކުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނި ގޮތުގައި ފުވައްމުލައް ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހުން ހައްޔަރުކޮށްފަ އެވެ. ނޮވެމްބަރު 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ .ފުވައްމުލައް / ދޫޑިގަން ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
 
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގޭގައި، އަޙްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އަޙްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ 2026 ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.

ފެރިދޫއިން ވެސް ދެ މީހުން ހައްޔަރު

ފުލުހުން ވަނީ މީގެ އިތުރުން އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެމީހުން ވެސް ވަނީ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ރޯޒްމީޑް، އާދަމް ނިމާލް (44އ) އާއި އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (43އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި، ފެރިދޫ ޕޮލިހާއި ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައެވެ. މި މަހު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޢަލީ ޢާމިރު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.


މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އާދަމް ނިމާލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.