ކްރޫޒް ލައިނާ ސީޒަން | ރާއްޖެއަށް 35 ކްރޫޒްލައިން

ން މި މަހުގެ 24 އިން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ ބޯޓުން 14 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

މާލެއަށް ބަނދަރުކޮށްފައިވާ ކްރޫޒްލައިނާއެއް

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ދުނިޔޭގެ މަޝްހޫރު ގިނަ ކްރޫޒް ލައިނަރުތަކެއްގެ ޖުމްލަ 35 ދަތުރު ކުރުމަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެެޖެންޓްސް (މާޔާ) ގެ ޝެޑިއުލްއިން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 'ކޯޑީލިއާ އެމްޕްރެސް' އިންނެވެ. އެގޮތުން މި މަހުގެ 24 އިން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ ބޯޓުން 14 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން، ފެބްރުއަރީ މަހުގެ ތެރޭގައި 'ވިލާ ވީ އޮޑިސީ' ގެ 4 ދަތުރެއް ތާވަލުކޮށްފައިވާއިރު، މި ބޯޓު 2 ދުވަހާއި 3 ދުވަހުގެ މުއްދަތަކަށް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝެޑިއުލްތައް ރޭވިފައިވާ ގޮތް

މެއިން ޝިފް 6 - މި މަހުގެ 30 ވަނަ ދުވަހާއި އަންނަ އަހަރުގެ ޖޫން 3 ވަނަ ދުވަހު.
އައިޑާސްޓެލާ - ޑިސެމްބަރު 8 ވަނަ ދުވަހާއި އަންނަ އަހަރުގެ މެއި 6 ވަނަ ދުވަހު.
ސެވަން ސީސްގެ ބޯޓުތައް - ފެބްރުއަރީ 23 ގައި 'ސެވަން ސީސް ވޮޔެޖަރ'، މާޗް 28 ގައި 'ސެވަން ސީސް ނެވިގޭޓަރ' އަދި އޭޕްރީލް 12 ގައި 'ސެވަން ސީސް ސްޕްލެންޑަރ'.
ވަސްކޯ ޑަ ގާމާ-ނިކޯ - އޭޕްރީލް 10 އަދި 11 ވަނަ ދުވަހު.

އެހެނިހެން ބޯޓުތައް- އަމޭރާ އާއި އެމްއެސް ވޮލެންޑަމް،  ކޮސްޓާ ޑެލިޒިއޯސާ ، ވައިކިންގް ސްކައި އާއި ސިލްވަރ ޑޯން އާއި އާޓާނިއާ އަދި އޯޝޭނިއާ ވިސްޓާ ހިމެނެއެވެ.

މާޔާގެ ތާވަލުގައިވާ ގޮތުން، އެންމެ ބާރުބޮޑުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗް މަހާއި އޭޕްރީލް މަހުގައެވެ. އެގޮތުން މާޗް މަހު 7 ދަތުރު އަދި އޭޕްރީލް މަހު 7 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ގިނަ ބޯޓުތައް ހެނދުނު 7:00 އާއި 9:00 އާ ދެމެދު ބަނދަރުކުރުމަށް ހަމަޖެހިފައިވާއިރު، ފުރުމަށް ތާވަލުކޮށްފައިވަނީ އެ ދުވަހެއްގެ ހަވީރު 16:00 އާއި ރޭގަނޑު 23:00 އާ ދެމެދުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.