އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއިދުކޮށްފި އެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން އޭނާ 30 ދުވަހަށް ބަންދު ކުރުމުން ޝާހިދުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ހައްޔަރު އަމުރު ބާތިލް ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން ހައި ކޯޓުން ވަނީ ސިއްރު އަޑުއެހުމެއް ބާއްވައިފަ އެވެ. އަދި އެ އަޑުއެހުމުގައި ޝާހިދުގެ އެ ހުށަހެޅުން ބަލައި ނުގަނެ ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ކުރުމަށް ނިންމި އެވެ.
އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝާހިދު ވަނީ އޭނާ އަށް ކުރަނީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.