އެލައިޑުން އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ގިވްއަވޭ ޕްރޮމޯޝަނެއް

ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނިޔަލަށެވެ.

އެލައިޑް އިންޝުއަރެންސްގެ ފަރާތުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އައިފޯން ގިވްއަވޭ "އެލައިޑް އައިފޯން ޑްރޮޕް 2" މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ފަރާތަކަށް  "އައިފޯން 18 ޕްރޯ މެކްސް" އެއް ލިބިގެންދާނެ އެވެ.

މި އަހަރުގެ ކުރީކޮޅު ކުރިއަށްގެންދިޔަ ފުރަތަމަ އައިފޯން ޑްރޮޕަށް ލިބުނު ބޮޑު ތަރުހީބާއެކު އަލުން ފެށި މި ޕްރޮމޯޝަނަކީ ސޯޝަލް މީޑިއާގެ ޒަރީއާ އިން ކަސްޓަމަރުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ގިވްއަވޭގައި ބައިވެރިވުމުގެ ޝަރުތުތައް - އިންސްޓަގްރާމްގައި @allied.mv ފޮލޯކުރުން އިންސްޓަގްރާމްގައިވާ އައިފޯން ޑްރޮޕް ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުން ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 3 ރައްޓެހިން ޓެގްކުރުން މީގެ އިތުރުން، ބޯނަސް އެންޓްރީއެއް ހޯދުމަށް އެ ޕޯސްޓު އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށް @allied.mv ޓެގްކުރެވޭނެ އެވެ. ތަފާތު ތިން ރައްޓެހިން ޓެގްކޮށްގެން ކޮންމެ ފަރާތަކަށްވެސް އެއް ފަހަރަށްވުރެ ގިނަ ފަހަރު ކޮމެންޓްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް އެލައިޑްގެ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ނަގާ ގުރުއަތަކުންނެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު ތަފްސީލާއި ޝަރުތުތައް ގެ ގިވްއަވޭ ޕޯސްޓުން ފެންނަން ހުންނާނެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.