ސީލިންގުން ބައެއް ވެއްޓުނީ އައިސީޔޫ ތެރެއަށެވެ. ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި ސީލިންގުން ބައެއް ވެއްޓުނީ ހޮސްޕިޓަލުގެ އައިސީޔޫގެ އެނދެއް މައްޗަށެވެ.
އެ ވަގުތު އެނދުގައި އެއްވެސް މީހަކު ނެތުމުން މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ އެނދެއް މައްޗަށް ވެއްޓިފައި ވަނީ ސީލިންގުގައި އަޅާފައި ހުރި ޖިޕްސަމް ބޯޑުން ބައެކެވެ.