ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފްކުރި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.

ކަސްޓަމްސްގެ މަސައްކަތް ޒަމާނީކޮށް ވަރުގަދަ ކުރަން ސާވޭލެންސް ޑްރޯން އާއި ބޮޑީވޯމް ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
ކަސްޓަމްސް އިން ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ތައާރަފުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
ކަސްޓަމްސްގެ ހިދުމަތަށް 136 ފުރުމުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފްކުރި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" 4 އޮފިސަރަކަށް އެރުވުންވެސް އޮތެވެ. މީގެ އިތުރުން 20 އަހަރު ދުވަހު ހިދުމަތްކުރެއްވި 29 މުވައްޒަފަކަށް ރަން ބެޖުވެސް ދީފައިވެ އެވެ. އަދި ހިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 28 އޮފިސަރަކަށް ކޮމިޝަނާ ޖެނެރަލްގެ ހާއްސަ އެވޯޑެއް ދީފައިވެ އެވެ.