ދިވެހި ސިފައިން މީގެ ކުރިން މި ބާވަތުގެ ގިނަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެންމެ މަޝްހޫރު މަސައްކަތްތަކީރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިންމި އައްޑޫ ކޮންވެންޝަން ސެންޓެރެވެ.

އެމްއެންޑީއެފްގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) އިން ބުނީ އެ ފަރާތާ މަސައްކަތް ހަވާލުކުރިތާ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެެވެ. މި އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.
މި ސްކޫލްގެ މަސައްކަތް ދިވެހި ސިފައިން ފެށީ މިދިޔަ މާޗް 31 ވަނަ ދުވަހު އެވެ. މަސައްކަތް އަވަހަށް ނިންމުމުގެ ގޮތުން އެތަން ސިފައިންނާ ހަވާލުކުރި އިރު އެ ތަނުގެ ނިމިފައި ހުރީ 30 ޕަސެންޓު މަސައްކަތެވެ. މި އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަ އާއި ދަވާދު ލުމާއި ފުރާޅުގެ މަސައްކަތްތަކާއި ކްލާސްރޫމްތަކާއި ފާހާނާތައް ހެދުމާއި ސިޑިގޮޅި ސީލިންގުކޮށް އަދި މުށި ޖެހުމުގެ އިތުރުން ވެސް ހުރިހާ މަސައްކަތެއްވެސް ކުރީ ސިފައިންނެވެ.
ދިވެހި ސިފައިން މީގެ ކުރިން މި ބާވަތުގެ ގިނަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރައީސް މުހައްމަދު ނަޝީދުވެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހެދި ކޮންވެންޝަން ސެންޓަރު އަމިއްލަ ކުންފުންޏަށް ދީގެން ނުނިންމުމުން ސިފައިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތްވެސް ފުރިހަމަކޮށްފަ އެވެ.