ބާޒާރުން ބައެއް ތަކެތި މަދުވެ، އަގު އުފުލުނަސް އެސްޓީއޯއިން ލިބޭ

މިހާރު ބާޒާރުން މަދުވެ އަގުތައް ރަނަށްވެފައިވާ ކެރެޓް ކިލޯއެއް އެސްޓީއޯއިން 40ރ. އަށް ދަނީ ވިއްކަމުންނެވެ. އަދި ލޮނުމެދު ކިލޯއެއް 50ރ. އަށް ވިއްކާއިރު، ފިޔާ ކިލޯއެއް 15. އަށް ވިއްކަ އެވެ. އަދި އަލުވި ކިލޯއެއް 12ރ. އަށް ދަނީ ވިއްކަމުންނެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ފަށަން ބޭއްވި ރަސްމިއްުޔާތު

ކެރެޓް ފަދަ ބައެއް މުދާ ބާޒާރުން ހުސްވުމާއެކު، އަގުތައް އުފުލިގެން ދިޔަނަމަވެސް މި ބާވަތްތައް އެސްޓީއޯއިން އަގުހެޔޮކޮށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. 

އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި ބާޒާރުގެ އަގުތަކުގައިވާ ގޮތުން މިހާރު ބާޒާރުން މަދުވެ އަގުތައް ރަނަށްވެފައިވާ ކެރެޓް ކިލޯއެއް އެސްޓީއޯއިން 40ރ. އަށް ދަނީ ވިއްކަމުންނެވެ. އަދި ލޮނުމެދު ކިލޯއެއް 50ރ. އަށް ވިއްކާއިރު، ފިޔާ ކިލޯއެއް 15. އަށް ވިއްކަ އެވެ. އަދި އަލުވި ކިލޯއެއް 12ރ. އަށް ދަނީ ވިއްކަމުންނެވެ. 

ސަޕްލައި ޗެއިން އާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާތީ ރާއްޖޭގައިވެސް އެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ ސަރުކާރުން ވަނީ ދިވެހިން އާއްމު ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ބައެއް ތަކެތީގެ ސަޕްލައި ގޮންޖެހުމާއެކު އަގުތައްމަތިވުމުގެ ޝަކުވާ އާއްމުން ކުރަމުންދާތީ މިދިޔަ އަހަރުން ފެށިގެން މޭވާ އާއި ތަރުކާރީ އަދި މުގުގެ އިތުރުން ބާވަތްތައް ގަނޑުކޮށް ގެނެސް، އެސްޓީއޯ މެދުވެރިކޮށް ގެނެސް ރާއްޖޭގައި ސްޓޯކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ފަަށާފަ އެވެ. މި ބަދަލާއެކު ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އިތުރު 23 ބާވަތެއް ދަނީ ރާއްޖެ ގެންނަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.