ވަށަފަރުގައި އެމްއެމްއޭގެ ފިންލިޓް ފެސްޓް ހަރަކާތް ބާއްވައިފި

ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ރަށުގެ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ބޭއްވި މި ހަރަކާތުގައި ރަށުގެ ގިނަ ކުދިން ބައިވެރިވިއެވެ. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ވަށަފަރުގައި އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ހަރަކާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހއ ގައި ކުރިއަށް ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން ކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ހއ ވަށަފަރުގައި ބާއްވައިފިއެވެ.

ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ރަށުގެ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ބޭއްވި މި ހަރަކާތުގައި ރަށުގެ ގިނަ ކުދިން ބައިވެރިވިއެވެ. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.


މި ހަރަކާތުގައި ތަފާތު އުފާވެރި ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްދިޔައެވެ. އަދި ކުޑައިރުން ފެށިގެން ފައިސާއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މާލީ ތަޢުލީމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ވެސް ދެވިގެން ދިޔައެވެ. މި ހަވީރުގައި ވެސް ފައިސާގެ ތާރީޚު ދައްކައިދޭ ޚާއްޞަ ސްޓޯލެއް ވެސް ބެހެއްޓިއެވެ. މި ސްޓޯލުން ފައިސާގެ ތާރީޚާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ގިނަ އިނާމުތަކެއް ދިނެވެ. ފިންލިޓް ފެސްޓްގެ ދަށުން ހއގެ 6 ރަށެއްގައި އެމްއެމްއޭއިން އަންނަނީ މާލީ ހޭލުންތެެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.