ތިން އަހަރު ވެމްކޯ | އަލަށް 28 ރަށެއްގައި ކުނި މެނޭޖު ކުރަން ފެށި

ވެމްކޯއިން ވަނީ ރަށްރަށުގައި ކުނި އުފުލުމާއި ނައްތާލުމުގެ މަސައްކަތް ހަލުވިކޮށް ފަސޭހަކުރުމަށްޓަކައި، 98 ރަށަކަށް ޖުމްލަ 100 ވެހިކަލް ފޯރުކޮށްދީފަ އެވެ.

ވެމްކޯގެ މުވައްޒިފަކު ކުނި ނެގުމުގެ މަަސައްކަތުގައި ހަރަކާތްތެރި ވަނީ


މިދިޔަ ތިން އަހަރުތެރޭ ވެމްކޯ އިން 28 ރަށެއްގައި އަލަށް ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

މިދިޔަ ތިން އަހަރުގެ ކާމިޔާބީގެ މައްޗަށް ސަރުކާރުން ނެރުނު ފޮތުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. 

ވެމްކޯއިން ކުރި މަސައްކަތުގެ ހުލާސާއެއް

މަރުކަޒުތައް ގާއިމުކުރުމާއި އަޕްގްރޭޑްކުރުން - އަލަށް މަސައްކަތް ކުރިއަށްދާ 28 ރަށުގެ އިތުރުން، މިހާތަނަށް 132 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އަދި އިތުރު 6 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ވެހިކަލްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން - ރަށްރަށުގައި ކުނި އުފުލުމާއި ނައްތާލުމުގެ މަސައްކަތް ހަލުވިކޮށް ފަސޭހަކުރުމަށްޓަކައި، 98 ރަށަކަށް ޖުމްލަ 100 ވެހިކަލް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ކުނި ވަކިކޮށް ޖަމާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް 85 ރަށަކަށް ކުނި މެނޭޖްކުރުމުގެ އާ ބާވަތުގެ ޑަސްބިންތައް ވަނީ ފޯރުކޮށްދީފައެވެ.

ވެމްކޯއިން އުމްރާނީ ތަރައްގީގެ އިތުރުން، ކުނި އުކާލުމުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މާލީ ގޮތުން ލުއިފަސޭހަކަން ހޯދައިދިނުމަށްވެސް މުހިންމު ފިޔަވަޅެއް ވަނީ އަޅާފައެވެ. އެގޮތުން، ވެމްކޯއިން މާލެ އޭރިއާގައި ވިޔަފާރިތަކުން ކުނި އުކާލުމަށް ނަގަމުންދިޔަ 1,060 ރުފިޔާގެ ފީ، 500 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. މިއީ ފީއަށް ގެނެވުނު 50 އިންސައްތައަށްވުރެ ބޮޑު ހެޔޮބަދަލެކެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި ކުރެވުނު މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ރަށްރަށުގައި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ވަނީ އިތުރަށް ހަރުދަނާވެ، އާންމުންނާއި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންގޮސްފައެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.