އެމްއެމްއޭ އިން ބުނީ 700 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ދީފައިވެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބާއްވަމުން ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން މިއަދު ކުޑަކުދިންގެ ހަވީރެއް ހއ. ދިއްދޫގައި ބާއްވައިފިއެވެ.
އެމްއެމްއޭ އިން ބުނީ 700 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ދީފައިވެ އެވެ. މީގެ އިތުރުން ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި ހަވީރުގައި ކުރިއަށް ދިޔައެވެ. އަދި ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލަކާއެކު ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި ފައިސާ ނޫޓުތަކުގެ މައުލޫމާތު ވަނީ ބައިވެރިންނަށް ދީފަ އެވެ.
ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ތަފާތު އިނާމުތައް ދީފައިވާއިރު، ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދިނެވެ. މިއަދު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި އެމްއެމްއޭއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ބައިވެރިވެފައިވެ އެވެ. އަދި މިކަމުގައި ދިއްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ މާދަމާ ހއ. ވަށަފަރުގަ އެވެ. މީގެ އިތުރުން، ފިންލިޓް ފެސްޓްގެ ދަށުން ހއގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަމާބެހޭ ސެޝަންތައް ކުރިއަށްދާނެއެވެ.