ސަމާލުވުމަށް ވަރަށް ވައި ނުސާފު | ފަސް ދުވަހަށް ދެމިގެންދާނެ

މެޓް އޮފީހުން ނެރުނު މައުލޫމާތުގައިވާ ގޮތުން، ދުންފުހުގެ އަސަރު މިހާރު ވަނީ ރާއްޖޭގެ ވައިގެ ނުސާފުކަން އިތުރުކޮށް، ދުރު ފެންނަ މިންވަރު ދަށްކޮށްފަ އެވެ.

ކުރިއަށް އޮތް ފަސް ދުވަހު ދުމުގެ އަސަރު ހުންނާނެ ގޮތް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭފެ ހުރިހާ ހިސާބަކަށް ޖައްވު ނުސާފުވާނެ ދުން ފިނީގެ އަސަރު ހުންނާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު މައުލޫމާތުގައިވާ ގޮތުން، ދުންފުހުގެ އަސަރު މިހާރު ވަނީ ރާއްޖޭގެ ވައިގެ ނުސާފުކަން އިތުރުކޮށް، ދުރު ފެންނަ މިންވަރު ދަށްކޮށްފަ އެވެ. ހާއްސަކޮށް ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު އިތުރަށް ބޮޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އެހެންކަމުން، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ދުންފުހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ދުވަހުގެ އެވްރެޖް ޕީއެމް 2.5 (PM 2.5) ފޯކާސްޓް ޗާޓުތަކުން ދައްކާ ގޮތުގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެފައި ހުންނާނެ އެވެ. އަދި ހާއްސަ އުތުރުގެ އަތޮޅުތަކުގައި ވައިގެ ނުސާފުކަން އެންމެ މަތީ މިންވަރެއްގައި ހުންނާނެ ކަމަށް ޗާޓުތަކުން ދައްކައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ނުކުރުމަށްވެސް އެޗްޕީއޭ އިން ކުރިން އެދިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.