މާދަމާ އާއި އަނެއް ދުވަހު ކުރިއަށްދާ ތިން ދުވަހުގެ މި ޕްރޮގްރާމުގައި، މާލީ ހޭލުންތެރިކަމުގެ ސެޝަންތަކާއި އިގްތިސާދާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ހިމެނެއެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓްގެ ހަރަކާތްތައް އަތޮޅުތެރެއަށް ފުޅާކޮށް ހއ އަތޮޅުގައި މަލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ކުޑަކުދިންގެ ހަވީރުތައް ބާއްވަން ނިންމާފައިވާ ކަމަށް އެއިދާރާއިން ބުނެފި އެވެ.
މާދަމާ އާއި އަނެއް ދުވަހު ކުރިއަށްދާ ތިން ދުވަހުގެ މި ޕްރޮގްރާމުގައި، މާލީ ހޭލުންތެރިކަމުގެ ސެޝަންތަކާއި އިގްތިސާދާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ހިމެނެއެވެ.
ތާވަލުގައި ވާ ގޮތުން، ނޮވެންބަރު 20 އާއި 21 ގައި ހއ. ދިއްދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. ނޮވެންބަރު 21 ވާ ހޮނިހިރު ދުވަހު ވަށަފަރު، އުތީމު އަދި ފިއްލަދޫގައި ހަރަކާތްތައް ބާއްވާއިރު، ނޮވެންބަރު 22 ވާ އާދިއްތަ ދުވަހު ކެލާ އާއި މުރައިދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، "ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް" ނަމުގައި ކުޑަކުދިންގެ ހަވީރެއް ނޮވެންބަރު 20 ގައި ދިއްދޫގައި އަދި ނޮވެންބަރު 21 ގައި ވަށަފަރުގައި ބާއްވާނެއެވެ. މި ދެ ހަރަކާތް ވެސް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ. ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް، މަޖާ މާހައުލެއްގައި އެކިއެކި ހަރަކާތްތައް މި ހަވީރުތަކުގައި ކުރިއަށްދާނެއެވެ.މި ހަރަކާތްތަކުގައި ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ވެސް ބައިވެރިވާނެއެވެ.
ހއ. އަތޮޅުގައި ފިންލިޓް ފެސްޓް ކުރިއަށް ގެންދަނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ. މި ހަރަކާތަކީ ރަށްރަށަށް މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ފުޅާކޮށް، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރާ މަސައްކަތުގެ ބައެކެވެ. އެމްއެމްއޭ ފިންލިޓް ފެސްޓަކީ 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ހަރަކާތެކެވެ.