ކުރިން ހަމައެކަނި ލަންކާއިން ކޮންޓްރޯލްކުރި ތެލުން އެސްޓީއޯއަށް 70 މިލިއަން ޑޮލަރު

އެސްޓީއޯ އެމްޑީ ޝިމާދު ވިދާޅުވީ ބަންކަރިން ހިދުމަތުން 2024 ފެށި ފުރަތަމަ މަހު ލިބުނީ 3 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ 2025 ގައި 18 މިލިއަން ޑޮލަރު ލިބި މިހާރު އޮކްޓޫބަރުގެ ނިޔަލަށް 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝިމާދު ވާހަކަ ދައްކަވަނީ -- އެސްޓީއޯ

ބަންކަރިން މެދުވެރިކޮށް ބޯޓު ފަހަރަށް އަޅާ ވެރީލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފް) ރާއްޖެ ސަރަހައްދުގެ ތެރެއިން ބަންކަކޮށްގެން ލަންކާ ކުންފުނިތަކަށް ކުރިން ބޮޑު އާމްދަނީއެއް ހޯދަ އެވެ. މީގެ އެއްވެސް އާމްދަނީއެއް ކުރިން ރާއްޖެއަކަށް ނުލިބެ އެވެ. ނަމަވެސް ކަނޑުގައި ބާޖުތަކެއް ބަހައްޓައިގެން ފެށި  "އޮފްޝޯ" ބަންކަރިން މެދުވެރިކޮށް މިހާތަނަށް އެސްޓީއޯއިން ވަނީ މ ބާވަތުގެ ތެލުން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ހޯދާފަ އެވެ.

އެސްޓިއޯގެ އެމްޑީ ޝިމާދު އިބްރާހިމް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަންކަރިންއާ ގުޅިގެން ވެރީލޯ ސަލްފާ ފިއުލް އޮއިލް ތައާރަފު ކުރުމުގެ ކުރީގައި މި ދަނީ ލަންކާގަ އޮޕަރޭޓް ކުރާ ކުންފުނިތަކަށް ކަމަށާ ނަމަވެސް މިހާރު އެ ކުންފުނިން މި ތެޔޮ ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

"2024 ގައި ތައާރަފު ކުރިފަހުން ފުރަތަމަ މަހު 3 މިލިއަން ޑޮލަރު ލިބުނު. ނަމަވެސް މިދިޔަ 2025 ގައި 18 މިލިއަން ޑޮލަރު، މިހާރު އޮކްޓޫބަރުގެ ނިޔަލަށް 70 މިލިއަން ޑޮލަރު. އެހެންވެ މި ދަނީ ބޮޑު ގްރޯތަކަށް. އެހެންވެ މި ވިޔަފާރި ތައާރަފު ނުކުރިނަމަ ހުރިހާ ފައިސާއެއް ދާނީ ބޭރަށް. އެހެންނޫނަމަ ރާއްޖެ ސަރަހައްދުގައި ކުރާ ބަންކަރިންގެ ހުރިހާ ފައިދާއެއް ހޯދާނީ އެހެން ބަޔަކު،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯ އެމްޑީ ޝިމާދު ވިދާޅުވީ މި ކުރިއެރުމާއެކު، އެ ކުންފުނީގެ އަމާޒު ހުރީ ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް ކުންފުންޏަށް ނަފާވެސް ހޯދުމެވެ. އެގޮތުން އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، އަހަރަކު 20 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ އަދި ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދާ ކުންފުންޏަކަށް ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.