ރިއަލް އެސްޓޭޓް ބިލުގެ ދިރާސާ ދެ ހަފްތާ ތެރޭ ނިންމަނީ

ބިލު ދިރާސާ ކުރުމުގެ މަސައްކަތަށް ހައުސިން މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އޮޑިޓާ ޖެނަރަލް އޮފީހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބަސް ލިޔުމުން ހޯދުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމެއް

އީގަލްސް ހިލްސް އިން ރަސްމާލޭގައި ހިންގާނެ ގޮތުގެ ގާނޫނީ އޮނިގަނޑު އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ބިލު ދިރާސާ ކުރުމުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމަން ފާސްކޮށްފި އެވެ.

ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރިއަލް އެސްޓޭޓު ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅައިފަ އެވެ. 

އެގޮތުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ހުށަހެޅުއްވީ ބިލުގެ މަސައްކަތް އަންނަ މަހު 7 އަށް ނިންމުމަށެވެ. އެ ހުށަހެޅުމަށް ހުޅުމާލެ މެދު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝަޒީމް ތާއީދު ކުރެއްވި އެވެ.

މީގެ އިތުރުން އެ ބިލާ މެދު އާންމުގެ ހިޔާލު ހުށަހެޅުމަށް އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ.

ބިލު ދިރާސާ ކުރުމުގެ މަސައްކަތަށް ހައުސިން މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އޮޑިޓާ ޖެނަރަލް އޮފީހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބަސް ލިޔުމުން ހޯދުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.